ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS106/2016/IU/0032
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2016
ޕަބްލިޝްކުރި ގަޑި: 17:40
ސުންގަޑި: 23 މޭ 2016 13:15
މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލަށް ބޭނުންވާ ތަކެތި ގަތުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސްކޫލުގެ ސައިންސް ލެބް އަދި އޯޑިޔޯ ވިޒުއަލް ރޫމަށް ބޭނުންވާ ތަކެތި ގަތުމަށް ކުރެވުނު ނަންބަރު:GS106/2016/IU/0026 (20 އެޕްރީލް 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ. 

ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި ދެންނެވިފައިވާ ގަޑިއަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސާނަމަ ސިޓީއަކުން އެކަން ހުށަހަޅަންވާނެއެވެ.

މަޢުލޫމާތުދިނުމުގެ ބައްދަލުވުން

ބިޑް ހުޅުވާ ބައްދަލުވުން

2016 މޭ 23 ވާ ހޯމަ ދުވަހުގެ 13:15 ގައި

01 ޖޫން 2016 ވާ ބުދަ ދުވަހު 13:15 ގައި

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މި ސްކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން އެ ފަރާތުން ލިބޭ މަޝްވަރާގެ މަތިންނެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުން ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

09 ޝަޢުބާން 1437

 

16 މޭ 2016