ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 438/438/2016/113
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2016
ޕަބްލިޝްކުރި ގަޑި: 17:12
ސުންގަޑި: 23 މޭ 2016 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯދުން

ވަޒީފާގެ ފުރުޞަތު

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯދަންކުރެވުނު ނަންބަރު: (IUL) 438/438/2016/08 އިޢުލާނުގައިވާ ބައެއް މަޤާމުތަކަށް ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ މަޤާމުތަކަށް ލިބިފައިވާ އެޕްލިކޭޝަންތައް ބާޠިލުކޮށް،  އަލުން އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު:

ޕްލާންޓް މެނޭޖަރ

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/15,000 ރުފިޔާއާއި -/17,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކުނިމެނޭޖްކުރުމަށް ބޭނުންކުރާ އިންސިނަރޭޓަރާއި އެންމެހައި އިކްވިޕްމަންޓްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމާއި، ބެލެހެއްޓުމުގެ އިންތިޒާމު ރާވައި ހިންގުމާއި ފަންނީ މުވައްޒަފުން ތަމްރީނުކުރުން

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މެކޭނިކަލް/ އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުން ހުރި ދާއިރާ އަކުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުން؛ އަދި

(ށ) މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 01 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛

(ނ) ޓީމު ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

(ރ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ބ) އިނގިރޭސި ބަހާއި، ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވުން.

(ޅ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމު:

ޕްލާންޓް (އިންސިނެރޭޓަރ) އޮޕަރޭޓަރ

ބޭނުންވާ އަދަދު:

03

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/11,500 ރުފިޔާއާއި -/13,500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

  • އޮޕަރޭޝަން މެނުއަލާއި ތިމާވެށްޓާބެހޭ ގާނޫނާއި، ގަވާއިދުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު އިންސިނެރޭޓަރ ހިންގައި ބެލެހެއްޓުން

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މެކޭނިކަލް/ އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުން ނުވަތަ،

(ށ) އިންޖީނުގެ ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 02  އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާއާއި ތަމްރީނުތައް ލިބިފައިވުން؛

(ނ) ޓީމެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

(ރ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ބ) މަސައްކަތުގެ މާހައުލުގައި އުޅޭއިރު، އުނދަގޫ ހާލަތުތަކުގައި ދިމާވާ ކަންތައްތައް ވިސްނުންތޫނު ކަމާއެކު ހައްލުކުރަން އެނގުން؛

(ޅ) އިނގިރޭސި ބަހާއި، ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން

(ކ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމު:

ހެވީ ވެހިކަލް އޮޕަރޭޓަރ

ބޭނުންވާ އަދަދު:

02

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖުކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/9,000 ރުފިޔާއާއި -/11,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

  • ފޯރކްލިފްޓް، ވީލްލޯޑަރސް، ޓެލެހެންޑްލާރސް، ސްކިޑް ސްޓިއާރ ލޯރޑަރސް އަދި ސައިޓުގައިވާ އެހެނިހެން ހެވީ އިކްވިޕްމަންޓް އޮޕަރޭޓްކުރުމާއި ބެލެހެއްޓުން؛

ފެންވަރު ނުވަތަ ޝަރުޠު:

(ހ) ފޯކް ލިފްޓް، ވީލް ލޯޑަރސް، ޓެލެހެންޑަލާރސް، ސްކިޑް ސްޓިއާރ ލޯރޑަރސްފަދަ ހެވީ އިކްޕްމަންޓް ދުއްވުން/ އޮޕަރޭޓްކުރުމުގެ ލައިސަންސް ލިބިފައިވުން؛

(ށ) މިފަދަ ތަކެތި ދުއްވުމުގެ/ އޮޕަރޭޓްކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ނ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން؛

(ރ) މަޤާމު މަސައްކަތުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމު:

ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު:

04

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/4,000 ރުފިޔާއާއި -/6,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

  • ވަންދޫއަށް ގެނެވޭ ކުނި ޗެކުކޮށް ވަކިކުރުން
  • މަސައްކަތްކުރާ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުން؛

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

އިތުރު އިނާޔަތްތައް:

ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކެއުމާއި ހުރުން ރ. ވަންދޫއިން ހަމަޖައްސައިދެވޭނެއެވެ. އަދި ރ. އިންނަމާދޫ އަދި ރ. ރަސްމާދޫގައި ދިރިއުޅުއްވާ ފަރާތްތަކަށް ކޮންމެ ދުވަހަކު ދަތުރުފަތުރު ހަމަޖައްސައިދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ  އަދި ސީ.ވީ
  2. ޕާސްޕޯޓް ސައިޒް 2 ފޮޓޯ
  3. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ
  4. ޕޮލިސް ރިޕޯޓް
  5. މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  2. އިންޓަރވިއު
  3. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިތުރު މަޢުލޫމާތު:

  • މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދެވޭނެއެވެ. އަދި،
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ދާއިމީ މުވައްޒަފުންގެ ގޮތުގައި ހަމަ ޖެއްސޭނެއެވެ.
  • އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.  
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ  3018415  ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2016 މޭ 25 ވާ ބުދަ ދުވަހު 14:00 ކުރިން މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނާރޖީ (ގްރީން ބިލްޑިންގ) އަށް ނުވަތަ،

މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް.

15 މޭ 2016