ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2016/69
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:04
ސުންގަޑި: 03 އޮގަސްޓް 2016 23:59
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
1437 ވަނަ އަހަރުގެ ރަމަޟާންމަހު މިނިސްޓްރީގެ ޚިދުމަތަށް އެދޭ ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލުގެނައުން

އިޢުލާން

1 ރަމަޟާން 1437 އިން ފެށިގެން 7 ޝައްވާލް 1437 އަށް މި މިނިސްޓްރީގެ ކައުންޓަރުން ދޭ ޚިދުމަތްތަކަށް އެދޭ ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލުގެނެސް، ތިރީގައިވާ ގޮތަށް ޢަމަލުކުރުމަށް ހަމަޖެހިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

  1. ޓޯކަން ނަންބަރު ދޫކުރާ ގަޑި: ހެނދުނު 10:00 އިން 12:00 އަށް.
  2. ޓޯކަން ނަންބަރުތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑި: ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް.

މިގޮތަށް ޚިދުމަތުގެ ގަޑިއަށް ބަދަލު ގެނެވުނުކަމުގައިވިޔަސް މިނިސްޓްރީގެ 'ކްލަޔަންޓް ޗަރޓަރ' އަށް އެއްވެސް ބަދަލެއް ގެނެވިފައިނުވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

18 މޭ 2016