ދިވެހިރާއްޖެ
އިޢުލާން
ކޮންޓްރެކްޓްކޮށް މަސައްކަތްކޮށްދޭނެ މުވައްޒަފުން ބޭނުންވެއްޖެ.
މި މިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް ރިސަރޗް ޑިވިޜަންގެ ޑޭޓާ އެންޓްރީ ހެދުމަށްޓަކައި 3 މަސްދުވަހުގެ މުއްދަތަށް މަސައްކަތް ކޮށްދޭނެ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ 1 ފަރާތް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް (ކޮންމެ 6 ގަޑިއިރަކަށް) -/296 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީ ގައި މަސައްކަތް ކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ. އާންމުގޮތެއްގައި މަސައްކަތްކުރަން ހަމަޖެހިފައިވަނީ، ރަސްމީ ގަޑިކަމުގައިވާ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:
- ސާނަވީ އިމްތިޙާނު އަދި މަތީ ސާނަވީ އިމްތިޙާނުގެ ހިސާބު މި މާއްދައިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
އިންޓަވިއު ކުރުން.
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 24 މޭ 2016 އާއި 20 ޖޫން 2016 އާ ދެމެދުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ ) ގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ސުންގަޑި:
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 25 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ ލިޔުންތަކާއެކު، ލިޔުމަކުން ހުށަހެޅުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
2. ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
- ފަރުވާ ބަހައްޓައިގެން މަސައްކަތް ކުރާނަމަ، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރުފޯނަށް ގުޅުން އެދެމެވެ.
9 ޝަޢުބާން 1437