ދިވެހިރާއްޖެ
މި އިޢުލާންވަނީ 18 މޭ 2016 14:37 ގައި ބާތިލް ކުރެވިފައެވެ.
މުވައްޒަފަކު ބޭނުންވެއްޖެ
މަޤާމު: މަސައްކަތު
ބޭނުންވާ އަދަދު: 01
މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް : ށ.ގޮއިދޫ ސްކޫލް / ށ. ގޮއިދޫ
ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް.އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
މުސާރަ: މަހަކު -/3100 (ތިންހާސް އެއްސަތޭކަ ރުފިޔާ)
ސަރވިސް އެލަވަންސް: މަހަކު -/1000 (އެއްހާސް ރުފިޔާ)
ޝަރުތު: ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ލިބިފައިވުން.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ކުނިކަހައި، ފޮޅައި، ސާފުކޮށް ބެލެހެއްޓުން.
- އެކި ފަރާތްތަކަށް އެންގުމާއި، ހަވާލުކުރެވޭ ލިސްޓަށް ކިޔުމާއި، ފައިސާއާއި ތަކެތި ހަވާލުކުރުން.
- ރަށުން ބޭރަށް ފޮނުވަންޖެހޭ ތަކެތި ބަނދަރަށް ގެންދިޔުމާއި، ރަށުން ބޭރުން ގެނެވޭ ތަކެތި ބަނދަރުން ސްކޫލަށް ގެނައުން
އަދިވެސް މީގެ އިތުރުން ރަސްމީގަޑީގައި ހަވާލުކުރެވޭ ސްކޫލައިގުޅުންހުރި ބައެއް މަސައްކަތް ކުރުން.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯން: 6540582
ސުންގަޑި: ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅުއްވަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މި އިދާރާއިންނާއި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
- ސަރުކާރު ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު).
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު).
- ވަޒީފާއަށް އެދޭ ފަރާތުގެ އައި.ޑީ.ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ ސާފު ފޮޓޯކޮޕީއެއް (އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު).
- ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ސީވީ)
ނޯޓް:. ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީ (ވަނަވަރު) ގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮޥުމުގައި ބަލާނެ ކަނަތައްތައް
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން
- އިންޓަވިއު ކުރުން:
- * ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މި މަގާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ 2016 މޭ 23 ވާ ހޯމަ ދުވަހު މި ސްކޫލުގައެވެ.