ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)459-A/1/2016/62
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2016
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 30 ޖޫން 2016 13:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ޑިސެބިލިޓީ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު

އިޢުލާން

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މި ދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގެ ފަރާތުން ކޮންމެ 2 އަހަރުން 1 އަހަރު އެވޯޑެއް ދިނުމަށް ނިންމާފައިވާތީ، މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.    

އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

1- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް (5 ފަރާތެއް)

2- ރާއްޖެއަށް އެކިގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް

3- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމް ފޯރުކޮށްދޭ ފަރާތްތައް (2 ފަރާތް)

4- ފަރުދީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (2 ފަރާތެއް)

5- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތައް  (1 ފަރާތް)

6- ފަންނީ ގޮތުން ނުކުޅެދުންތެރިކަމަށް މަސައްކަތްކުރާ ފަރާތްތައް (2 ފަރާތެއް)

7- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަކެތި އަދި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (1 ފަރާތް)

8- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދޭ ފަރާތްތައް (1 ފަރާތް)

9- ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ޚިދުމަތް ދޭ ފަރާތްތައް (1 ފަރާތް)

މި ދާއިރާތަކުން މި އެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި މި އެވޯޑަށް ހުށަހަޅާ ފަރާތްތައް ހޮވާނީ މި މިނިސްޓްރީއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުން މިކަމަށް ޚާއްޞަކޮށްގެން ހަދާފައިވާ މާރކްސް ދޭނެ އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ.  އަދި އިނާމަށް ކުރިމަތިލައްވާ ފަރާތްތަކާ އިންޓަވިއުކޮށްގެންނެވެ. އެވޯޑް ދެވޭ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ މިކަމަށް އެކުލަވައިލާ ޚާއްޞަ ކޮމިޓީއަކުންނެވެ.

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަން ފޯމު
  • އެވޯޑަށް އެދި ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ / މުއައްސަސާއެއް ނަމަ މުއައްސަސާގެ ރަޖިސްޓަރީގެ ކޮޕީ
  • ވަނަވަރު އަންގައިދޭ ލިޔުމެއް ނުވަތަ އޯޑިއޯއެއް
  • ހުށަހަޅާ ކަންތައްތަކުގެ ޞައްޙަކަން އަންގައިދޭ ލިޔުންތައް
  • އެވޯޑަށް އެހެން ފަރާތެއްގެނަން ހުށަހަޅުއްވާނަމަ (ނޮމިނޭޓް ކުރައްވާނަމަ)، ހުށަހަޅުއްވާ ފަރާތުގެ ސިޓީ އަދި އައި.ޑީ ކާޑުގެ ކޮޕީ
  • މިނޫންވެސް އެހެނިހެން ލިޔެކިޔުންތައް

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ގ.ބިއްލޫޖެހިގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް www.mlg.gov.mv  އަދި މިނިސްޓްރީގެ ދަށުން އަތޮޅު ތެރޭގައި ހިންގާ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނެއެވެ. މި އެވޯޑު 2012 އަދި 2014 ވަނަ އަހަރު ލިބިލައްވާފައިވާ ފަރާތްތަކަށް މި އަހަރު ކުރިމަތި ނުލެއްވޭނެއެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހުތާރީޚަކީ 30 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިންނެވެ.

9 ޝަޢުބާން 1437

16 މޭ 2016