ދިވެހިރާއްޖެ
އިޢުލާން
ރަމަޟާންމަހަށް ޚާއްޞަކުރެވިގެން ބާއްވާ ކާބޯތަކެތީގެ ނައިޓް މާރކެޓްގެ އިވެންޓް އޮގަނައިޒަރެއް ހޯދުމާބެހޭ
ރަމަޟާންމަހަށް ޚާއްޞަކުރެވިގެން ކާބޯތަކެތީގެ ނައިޓް މާރކެޓެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މާރކެޓް ރާވައި ހިންގުމުގެ ފުރުސަތު މި މިނިސްޓްރީއިން ހުޅުވާލާފައިވާތީ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.
ވީމާ، ތިރީގައި ބަޔާންކުރާ މައިގަނޑު ބައިތައް ހިމެނޭގޮތުގެ މަތިން، މި ނައިޓް މާރކެޓުގެ އިވެންޓް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޕްރޮޕޯސަލްގައި ހިމަނަންޖެހޭނެ ބައިތަކާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް
- ނައިޓްމާރކެޓް ރާވާ ހިންގުމަށް ހުށަހަޅާގޮތް (އިވެންޓް ކޮންސެޕްޓް) – % 50
- ނައިޓްމާރކެޓް ރާވާ ހިންގުމަށް ހުށަހަޅާ ފީ – % 50
ނައިޓް މާރކެޓްގެ އިވެންޓް އޮގަނައިޒަރ ހޮވުން
ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލް، މަތީގައި ބަޔާންކޮށްފައިވާ މިންގަނޑުން އިވެލުއޭޓްކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ 1 ފަރާތަށް އިވެންޓް އޮގަނައިޒުކުރުމަށް މިނިސްޓްރީން ދިނުމަށްވަނީ ހަމަޖެހިފައެވެ.
މަޢުލޫމާތު ސެޝަން
މިކަމާގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް، 2016 މޭ 19 ވާ ބުރާސްފަތި ދުވަހު 13:00 ގައި މި މިނިސްޓްރީގެ (ވެލާނާގެ 11 ވަނަ ފަންގިފިލާ) ކޮންފަރެންސް ރޫމުގައި އޮންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ގުޅުއްވާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެނިހެން ދުވަސްތަކުގެ ހެނދުނު 08:00 އިން 14:00 އަށް، އަލްފާޟިލް ޢަބްދުﷲ ރަޝީދު، ފޯނު (9822233) ނުވަތަ އީމެއިލް [email protected] މެދުވެރިކޮށެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި
މި ނައިޓް މާރކެޓްގެ އިވެންޓް އޮގަނައިޒުކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީއުރައެއްގައި "ރަމަޟާންމަހު ބާއްވާ ކާބޯތަކެތީގެ ނައިޓް މާރކެޓް" މިފަދައިން ޖެއްސެވުމަށްފަހު، 2016 މޭ 22 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށެވެ. ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ މިނިސްޓްރީގެ (ވެލާނާގެ 11 ވަނަ ފަންގިފިލާ) ކޮންފަރެންސް ރޫމުގައެވެ.
9 ޝަޢުބާން 1437