ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެއަށް ސޭލްސްމަނެއް ހޯދުމަށް 26 އެޕްރީލް 2016 ގައި ކޮށްފައިވާ މި އިދާރާގެ 374C/2016/37 ނަންބަރުގެ އިޢުލާނާ ގުޅިގެން، އެ މަޤާމަށް އެކަށީގެންވާ އަދަދަކަށް ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް މީހަކު ހޯދުމަށް އާންމުކޮށް އިޢުލާނުކުރީމެވެ.
މަޤާމް: |
ސޭލްސްމަން |
|
މަޤާމުގެ ކްލެސިފިކޭޝަން، ރޭންކާއެކު: |
އޮފިސަރ ގްރޭޑް 1 |
|
މުސާރަ: |
މަހަކު -/3700 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު -/1،000 ރުފިޔާ |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް: |
ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ |
|
ތަޢުލީމާއި ތަޖުރިބާ: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3. މި މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މަސްއޫލިއްޔަތު: |
1. ތެޔޮ ސެންޓަރަށް ގެންނަ ތެޔޮ، ޓޭންކަށް އެޅުމުގެ ކުރިން، ތެލުގެ ސާފު ނުސާފު ބެލުމާއި، ތެލުގައި ފެންހުރިތޯ ބަލައި، ރަނގަޅު ތެޔޮ ނޫނީ ޓޭންކަށް ނޭޅުން. 2. ތެޔޮސެންޓަރުން ވިއްކާ ހުރިހާ ބާވަތެއްގެ ތެލުގެ ސްޓޮކު ވަކިން ބެލެހެއްޓުމާއި، ތެޔޮ ހުސްވުމުގެ ކުރިން ތެޔޮ ގެނެވޭނެ މުއްދަތު އޮއްވައި، ތެޔޮފިހާރަ ހިންގަން ހުންނަ ވެރިއަކަށް ދެންނެވުމާއި، އިންޖީނުގެއަށް 15 ދުވަހަށް ބޭނުންވާވަރަށް ތެޔޮ ބެހެއްޓުމާއި، ތެޔޮ މަދުވުމުން ވެރިންގެ މަޝްވަރާޔާއެކު ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކުން. 3. ޓޭންކުތަކަށް ތެޔޮ އެޅުމުން، ތެލުގެ ޑެލިވަރީ ނޯޓް ހޯދައި، ތެލާ ހަވާލުވެ، ސޮއިކޮށް، ޑެލިވަރީ ނޯޓް އެޑްމިނިސްޓްރޭޓިވް އޮފިސަރާ ހަވާލުކުރުން. 4. ތެލުގެ އަގަށް ބަދަލެއް އަތުވެއްޖެކަން އެނގިއްޖެނަމަ، ތެޔޮ ފިހާރަ ހިންގުމާ ހަވާލުވެ ހުންނަ ވެރިއެއްގެ މަޝްވަރާއާއެކު އައި ބަދަލާ އެއްގޮތަށް ތެލުގެ އަގަށް ބަދަލުގެނެސްގެންނޫނީ ތެޔޮ ނުވިއްކުން. 5. ކުރެޑިޓަށް ދޫކުރެވޭ ތެޔޮ، އިދާރާއިން ދޫކުރާ ސްލިޕް ހިފައިގެން ދިއުމުން ނޫނީ ދޫނުކުރުން. 6. ރައްޔިތުންގެ މުއައްސަސާއިން ހަމަޖައްސާ އުޞޫލާ އެއްގޮތްވާގޮތުގެމަތިން ތެޔޮ ވިއްކުމުގެ މަސައްކަތް ކުރުން. 7. ތެޔޮ އަޅާ ޓޭންކުތަކަށް ގެއްލުމެއް ލިބޭތޯ ބެލުމާއި، ދަބަރުޖެހިޔަ ނުދީ ދަވާދުލައި ބެލެހެއްޓުމާއި، ޓޭންކުގެ އެތެރެ ނުސާފުވެ ތެޔޮ ހަޑިވާކަން އެނގިއްޖެނަމަ، މިނެގެން ތެޔޮ ބޭރުކުރުމާއި، އެފަދަ ތެޔޮވެސް ސްޓޮކުން އުނިކުރުން. 8. ތެޔޮ ސެންޓަރުގައި ގެންގުޅޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. 9. ރައްޔިތުންގެ މާލިއްޔަތުގެ ކާށީގެ އެރިނަގައި ކާށީގެ ހިސާބު ބެލެހެއްޓުމާއި، ދެހަފުތާއިން އެއްހަފުތާގައި ކާށި ވިއްކުން. 10. ތެޔޮ ސެންޓަރުގެ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގާ މަސައްކަތް ކުރުން. 11. ރަށުގެ އަމަންއަމާންކަމާއި އާންމު މަޞްލަޙަތު ހިފެހެއްޓުމަށް މަސައްކަތްކުރުން. 12. ރަށު ކައުންސިލްގެ ފަރާތުން ރާވައި އިންތިޒާމްކުރައްވާ ކަންތައްތަކުގެ ތެރެއިން ރައްޔިތުންނާ ގުޅުންހުރި ކަންތައްތަކުގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުން. 13. ރަށު ކައުންސިލްގެ ފަރާތުން އިންތިޒާމްކުރައްވައިގެން ރަށުގައި ކުރައްވާ އިޖުތިމާޢީ އެކިއެކި މަސައްކަތްތަކާއި، ރަށުގެ ތަރައްޤީއަށް ކުރައްވާ އެކިއެކި މަސައްކަތްތަކުގައި ފުރިހަމަޔަށް ބައިވެރިވުން. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ތައްތައްތައް:
|
1. ތަޢުލީމާއި ތަމްރީނު. 2. މަސައްކަތުގެ ތަޖުރިބާ. 3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމުގެ ސިފަތައް. 4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށްވުން. 5. އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސްހޯދާ ފަރާތް. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، "ރައްޔިތުންގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، ފ. ނިލަންދޫ ރަށު ކައުންސިލް އިދާރާއަށް ހުށަހެޅުން. |
|
އިންޓަވިއުއާއި، ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2016 މޭ 29 ވާ އާދީއްތަ ދުވަހުން ފެށިގެން ފ. ނިލަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ވީމާ، އެ ތާރީޚުން ފެށިގެން އިންޓަވިއުއަށް ތައްޔާރުވެގެން ރަށުގައި ތިބުން އެދެމެވެ. |
|
އުޖޫރައާއި ޢިނާޔަތްތައް: |
މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، އެހެނިހެން އެލަވަންސާއި ދަތުރު އެލަވަންސް. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ފ. ނިލަންދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ) 4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ. 5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން. 6. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ފ. ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރައިގެ މަސައްކަތު މީހެއްގެ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ/އިދާރާގެ ލިޔުމެއް (މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން/އިދާރާއިން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.) 7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) 8. ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފްޞީލު އެނގޭނޭ ލިޔުން (ހުށަހެޅި ފަރާތުގެ ސޮއިކޮށްފައިވާ) |
|
އެހެނިހެން ކަންތައްތައް: |
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، މީލާދީގޮތުން އުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ. - ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމުގައި ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ ކުރިމަތިލާފައިވާ ފަރާތްތަކުން އެންމެ ރަނގަޅު ފަރާތެއް ހަމަޖެއްސޭނެއެވެ. ނަމަވެސް ޝަރުޠު ހަމަނުވާ މީހެއްނަމަ މުސާރަ ދެވޭނީ މަޤާމުގެ މުސާރައިގެ % 85 އަށް ވާ މިންވަރަށެވެ. |
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ފ. ނިލަންދޫ ކައުންސިލް އިދާރާގެ 6740016 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6740598 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. |
9 ޝަޢުބާން 1437