ވަޒީފާގެ ފުރުޞަތު
ނަންބަރު: GS160/2016/143
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 25 މޭ 2016 12:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު މަދަރުސާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުސަތު:

މި މަދަރުސާއަށް ވަގުތީ އެސިސްޓެންޓް ލައިބްރޭރިއަނެއް ބޭނުންވެއްޖެއެވެ.

މަޤާމް: އެސިސްޓެންޓް ލައިބްރޭރިއަން (ވަގުތީ)

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: އދ. ދިގުރަށު މަދަރުސާ، އދ. ދިގުރަށް

ބޭނުންވާ އަދަދު: 1 (އެކެއް)    

ސެކްޝަން: އެކަޑަމިކް

މުއްދަތު: 3 (ތިނެއް) މަސްދުވަސް

މަޤާމުގެ ޝަރުޠު: ތިރީގައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވެފައިވުން.

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން

މަހަކު -/4،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހަމަޖައްސަވާފައިވާ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1- ސްކޫލުގެ ލައިބްރަރީއަށް ލިބޭ ފޮތްތަކާއި ނޫސްމަޖައްލާ ފަދަ ކެޓަލޮގްތައް ގަވާއިދުން އެންޓަރކޮށް ބެލެހެއްޓުން.

2- ލައިބްރަރީ ފޮތްތަކުގެ އިންވެންޓްރީ ކޮމްޕިއުޓަރައިޒްކޮށް ބެލެހެއްޓުން.

3- ފޮތްތަކާ ބެހޭގޮތުން ކުރަންޖެހޭ ޕްރޮފެޝަނަލް މަސައްކަތްތަކާ ގުޅޭގޮތުން މައްސަލައެއް ދިމާވެއްޖެނަމަ، ސްކޫލުގެ އިދާރާއާއި މަސައްކަތާ ގުޅޭގޮތުން ރިޕޯޓްކުރަންޖެހޭ ފަރާތާ މަޝަވަރާކޮށް އެކަމެއް ނިންމުން.

4- އަލަށް ލިބޭ ފޮތްތައް ކެޓަގަރައިޒްކުރުން.

5- ލައިބްރަރީއަށް އެތެރެވާ ފޮތްތަކުގައި ސްކޫލުގެ ނުވަތަ ލައިބްރަރީގެ ތައްގަނޑު ޖެހުން.

6- ލައިބްރަރީގައިވާ ހަރުގަނޑުތަކާއި ފޮތްތައް ފޮޅައި ސާފުކުރުން. އެގޮތުން، މަސައްކަތުމީހުން ބޭނުންކޮށްގެން، މަދުވެގެން ހަފްތާއަކު އެއްފަހަރު ހިރަފުސް ފޮޅުވުން.

7- ލައިބްރަރީގެ ހަރުގަނޑުތަކުގައިވާ ފޮތްތައް އިންތިޒާމު ނުގެއްލޭހެއް އަދި ހަލާކުނުވާނޭހެން ތަރުތީބުކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށްކޮށް ނިންމުމާއި، ހަލާކުވާ ފޮތްތަކުގެ ތެރެއިން މަރާމާތުކުރެވޭ ފޮތްތައް އަނބުރާ ހޯދުން.

8- ލައިބްރަރީއަށް އަމާޒުކޮށް ހިންގޭ ދަރިވަރުންގެ އެކިއެކި ޕްރޮގްރާމުތަކާއި ކްލާސްތައް ރާވައި ހިންގުމުގައި ސުޕަވައިޒަރުންނާއި މުދައްރިސުންނަށް އެހީތެރިވުން.

9- އަނބުރާ ދައްކާގޮތަށް ދަރިވަރުން ގެންދާ ފޮތްތައް، ހަމަޖެހިފައިވާ އުސޫލަކުން ދޫކޮށް، ދައްކާ ފޮތްތައް ގަވާއިދުން ބަލައިގެން އެކަންކަމުގެ ފުރިހަމަ ރެކޯޑް ދުވަހުން ދުވަހަށް ބެލެހެއްޓުން.

10- ލައިބްރަރީގައި ކުދިން ތިބޭއިރު، އެކުދިންނަށް ބޭނުންވާ ފޮތް ހޯދައިދިނުމާއި، ފޮތް ކިޔައި ނިމުމުން، އެ ފޮތް ބަހައްޓަންވާ ތަނުގައި ބެހެއްޓުމަށް ދަރިވަރުންނާ އެހީތެރިވުން.

11- ލައިބްރަރީގައި އަޑުގަދަވިޔަ ނުދިނުމަށް ބާރުއަޅައި، އަޚްލާޤީ މިންގަނޑު ދެމެހެއްޓުމަށް ބާރުއެޅުން.

12- ލައިބްރަރީ ޑިސްޕްލޭކުރުމުގެ މަސައްކަތް ކުރުން.

13- ލައިބްރަރީގައި ހިންގޭ ޕްރޮގްރާމުތަކާއި، ލައިބްރަރީގައި ނެގޭ ގަޑިތަކާ ބެހޭގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމާބެހޭ ސުޕަވައިޒަރަށް ނުވަތަ އިސްވެރިއަކަށް އެންގުން.

14- އަނބުރާ ދައްކާގޮތަށް ދޫކުރެވޭ ފޮތްތައް، މުއްދަތު ހަމަވާއިރު ނުދައްކައިފިނަމަ، އެފަރާތަކަށް އެކަން އަންގައި، ފޮތް ހޯދުން.

15- ތަޢުލީމީ ކޮންމެ އަހަރެއް ނިމިގެން ބިދޭސީ ޓީޗަރުން ޤައުމަށް ދިއުމަށް ފުރުމުގެ ކުރިން އެމީހުންނަށް ދޫކުރެވިފައިވާ ލައިބްރަރީ ފޮތްތައް ހޯދައި ހަމަކުރުން.

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލޭނެ ކަންކަން:

    މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި  ބެލޭނީ، ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޝާއިޢުކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކަށެވެ. މިކަން ކަށަވަރުކުރުމަށްޓަކައި؛

  • ލިބިފައިވާ ސަނަދުތަކަށް ބެލޭނެއެވެ.
  • އިންޓަވިއުއަށް ބެލޭނެއެވެ.

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، 2016 މޭ 25 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މި މަދަރުސާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:     

- ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މަދަރުސާގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

- ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ކޮޕީ.

އިންޓަވިއު ކުރުން:

  1. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާފަރާތްތަކާއެވެ.
  2. އިންޓަވިއު ކުރުން އޮންނާނީ، އދ. ދިގުރަށު މަދަރުސާގައެވެ.
  3. އިންޓަވިއުކުރުން  އޮންނާނީ،  25 މޭ 2016 އާއި 28 މޭ 2016 އާ  ދެމެދުގައި،  އދ. ދިގުރަށު  މަދަރުސާގައި،  13:00 އާއި 16:00 އާ  ދޭތެރޭގައެވެ. މި ގަޑިއަށް ބަދަލުއަތުވެއްޖެނަމަ އަންގާނެއެވެ.

އެހެނިހެން މަޢުލޫމާތު:

1. މި މަޤާމަށް ކުރިމަތިލާ ފަރާތަކީ، އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.

2. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލްކުރެވޭނެއެވެ.

3. މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިޔު ކުރުމަށްފަހުގައެވެ. މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލްވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6680841 ނަންބަރު ފޯނަށެވެ.

8 ޝަޢުބާން 1437

15 މޭ 2016