ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)225-AHRI/225/2016/13
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި: 26 މޭ 2016 14:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާމަސިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ހއ. އަތޮޅު ފާމަސީގެ، ތިރީގައިމިވާ މަޤާމަށް 2 މީހުން ބޭނުންވެއްޖެއެވެ.

މަޤާމް: ފާމަސިސްޓް

މުސާރަ: މަހަކު -/5،000 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ (އެޑްވާންސް ސެޓްފިކެޓް ލިބިފައިވާނަމަ)

ސަރވިސް އެލަވަންސް: މަހަކު -/1،700 ރުފިޔާ (ޑިޕްލޮމާ ލިބިފައިވާނަމަ)

އިތުރު ޢިނާޔަތްތައް: މި މަޤާމުގައި މަސައްކަތްކުރާ މީހުންނަށް، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު: 2 (ދޭއް)

ފެންވަރު ނުވަތަ ޝަރުޠު: މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މި މަޤާމަށް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:

މި މަޤާމަށް މީހުން ހޮވުމުގައި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށާއި، ކޮމްޕިއުޓަރ މަސައްކަތް ދަންނަ ފަރާތަށް އިސްކަންދެވޭނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކުގެ އަޞްލު)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ)   

3. މި ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

8 ޝަޢުބާން 1437

15 މޭ 2016