މަސައްކަތް
ނަންބަރު: (IUL)142-A1/1/2016/51
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2016
ޕަބްލިޝްކުރި ގަޑި: 17:53
ސުންގަޑި: 26 މޭ 2016 10:30
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1437 ވަނަ އަހަރުގެ ރަމަޟާންމަހު މާލޭގެ އެކިއެކި ސަރަހައްދުތަކުގައްޔާއި، މިސްކިތްތަކުގައި ބެހެއްޓުމަށް ޕްލާސްޓިކް ބޯޑުތަކެއް ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

1437 ވަނަ އަހަރުގެ ރަމަޟާންމަހު މާލޭގެ އެކިއެކި ސަރަހައްދުތަކުގައްޔާއި، މިސްކިތްތަކުގައި ބެހެއްޓުމަށް ޕްލާސްޓިކް ބޯޑުތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2016 މޭ 24 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަމަވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 އަށެވެ.

09 ޝަޢުބާން 1437

 

16 މޭ 2016