ނީލަން
ނަންބަރު: J-2016/131
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 23 މޭ 2016 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބާތަކެތި ނީލަން ކިއުން

އިޢުލާން

މި ކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

  • 01 ފްރިޖް
  • 01 އޮފީސް ޗެއަރ
  • 01 ފޮޓޯކޮޕީ މެޝިން
  • 06 ވައިޓް ޗެއަރ
  • 01 މެޓަލް ޗެއަރ (ގްރީން ކަލަރ)
  • 01 އެއަރކޯން

މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/350 (ތިންސަތޭކަ ފަންސާސް) ރުފިޔާއެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/100 (ސަތޭކަ) ރުފިޔާއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެ ތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު ޖައްސަވައި، ސިޓީއުރައެއްގައި ބަންދުކޮށް 2016 މޭ 23 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އަލުން އެތަކެތި ނީލަމަށް ލެވޭނެ ކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މި ތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން ނަންބަރު 7793503 ފޯނާ ގުޅުވުން  އެދެމެވެ.

09 ޝަޢުބާން 1437

 

16 މޭ 2016