މަސައްކަތް
ނަންބަރު: (IUL)30-C/30/2016/36
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 23 މޭ 2016 13:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓުގެ ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހުޅުލޭގައި ގާއިމުކުރެވިފައިވާ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓުގެ ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

  1. ގްރީން ހައުސްގައި ޓިނުޖެހުން އަދި ޓެރެސް ހިޔާކުރުމަށް އަޅާފައިވާ ހޮޅިތަކުގައި ދަބަރު ފިލުވުން
  2. އިންސިނޭޓަރ ހުރި ބައިގައި ޓިނުޖެހުމާއި އިންސިނޭޓަރ ބަހައްޓާފައި ހުރިތަނުގައި ޖަހާފައިވާ ދަބަރުތައް ފިލުވުން

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 23 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239 ،3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

9‏ ޝަޢުބާން‏ 1437

16 މޭ 2016