ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 438/438/2016/112
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 23 މޭ 2016 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި ބޭނުންކުރާ ކުނި އުފުލާ އުޅަނދަށް މުވައްޒަފުން ހޯދުން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި ބޭނުންކުރާ ކުނި އުފުލާ އުޅަނދަށް، ތިރީގައިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:

ކުނި އުފުލާ އުޅަނދުގެ ކެޕްޓަން

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖުކުރާ މަރުކަޒުގައި ބޭނުންކުރާ ކުނި އުފުލާ އުޅަނދު

މުސާރައާއި، ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީގެ ޢިނާޔަތްތައް:

މަހަކު -/10،000 ރުފިޔާއާއި -/13،000 ރުފިޔާއާ ދެމެދުގެ އަދަދެއް (މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

  • ކުނިއުފުލާ އުޅަނދު ދުއްވުން/ އޮޕަރޭޓްކުރުން.
  • އިންޖީނާއި އުޅަނދުގެ އެހެނިހެން އިކްޕްމަންޓާއި، އުޅަނދުގެ  މެއިންޓަނަންސްގެ އެންމެހައި މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) ޓަނޭޖް އެންޑޯސްމަންޓާއެކު ނިޔަމިކަމުގެ ސެޓުފިކެޓު ލިބިފައިވުން.

(ށ) މަދުވެގެން ތިން (3) އަހަރުގެ ތަޖްރިބާ ލިބިފައިވުން، އަދި އުޅަނދުގެ މެކޭނިކަލް ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތާއި ތަޖުރިބާ ހުރުން؛

(ނ) ރާއްޖޭގެ، ޚާއްޞަކޮށް އުތުރު ސަރަޙައްދުގެ ކަނޑުގެ ސަރަހައްދުތަކަށް ފަރިތަ މީހަކަށްވުން؛

(ރ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމު:

އިންޖިނިއަރ / މެރިން އިންޖިނިއަރ

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި ބޭނުންކުރާ ކުނި އުފުލާ އުޅަނދު

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/10,000 ރުފިޔާއާއި -/12,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކުނި އުފުލާ އުޅަނދުގެ މައި އިންޖީނު، ޖަނަރޭޓަރ ސެޓް އަދި އުޅަނދުގައި ހުންނަ އެހެނިހެން މެޝިނެރީތައް އޮޕަރޭޓްކޮށް ބެލެހެއްޓުން.
  • ކުނި އުފުލާ އުޅަނދުގެ މައި އިންޖީނު، ޖަނަރޭޓަރ ސެޓް އަދި އުޅަނދުގައި ހުންނަ އެހެނިހެން މެޝިނެރީތައް ރިޕެއަރކޮށް އަދި މެއިންޓަނަންސް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) ދަށްވެގެން އިންޖިން ރިޕެއަރ އަދި މެއިންޓެނެންސް ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ ދަށްވެގެން ފޯތު އިންޖިނިއަރ ސެޓުފިކެޓު އޮތުން.

(ށ) މަދުވެގެން ތިން (3) އަހަރުގެ ތަޖުރިބާ ލިބިފައިވުން.

(ނ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން؛

(ރ) މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމު:

އޭބަލް ބޯއީ (އޭ/ބީ)

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި ބޭނުންކުރާ ކުނި އުފުލާ އުޅަނދު

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/9,000 ރުފިޔާއާއި -/11,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ރޭމްޕް ވިންޗް އަދި ޑެކްގައި ބޭނުންކުރާ އެހެނިހެން މެޝިނެރީޒްތައް އޮޕެރޭޓްކުރުން.
  • ބޭނުންވެއްޖެ ހާލަތެއްގައި އުޅަނދުގެ ކެޕްޓަންގެ އިރުޝާދުގެ މަތިން ހުންގާނުގައި ހިފުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) ޑެކް ރޭޓިންގ ސެޓުފިކެޓެއް އޮތުމާއެކު ގުޅުން ހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(ށ) ނިޔަމި ކަމުގެ ސަނަދު/ސެޓުފިކެޓު ނުވަތަ އެ ފެންވަރުގެ ސަނަދު/ސެޓުފިކެޓު އޮތް ފަރާތަކަށް އިސްކަން ދެވޭނެއެވެ.

(ނ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމު:

ކުނި އުފުލާ އުޅަނދުގެ ފަޅުވެރިން

ބޭނުންވާ އަދަދު:

03

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖުކުރާ މަރުކަޒުގައި ބޭނުންކުރާ ކުނި އުފުލާ އުޅަނދު

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/6,500 ރުފިޔާއާއި -/7,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

  • އުޅަނދު އޮޕަރޭޓް ކުރުމަށް ކެޕްޓަނަށް އެހީތެރިކަން ފޯރުކޮށްދިނުން؛
  • އުޅަނދު ސާފުކޮށް ބެލެހެއްޓުން
  • އުޅަނދަށް ކުނި އަރުވައި، ބޭލުމުގެ މަސައްކަތް ކުރުން؛

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މިފަދަ ނުވަތަ މި ސައިޒުތަކުގެ ކަނޑު އުޅަނދުފަހަރުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ށ) ފަތަން އެނގޭ މީހަކަށްވުން؛

(ނ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން؛

އިތުރު ޢިނާޔަތްތައް:

ކަނޑައެޅިފައިވާ އުސޫލުގެ މަތިން، ފުޑް އެލަންސްގެ ގޮތުގައި -/2,500 ރުފިޔާ އަދި އިތުރުގަޑީގެ ފައިސާ ކޮންމެ މަހަކު  ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ  އަދި ސީ.ވީ
  2. ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ
  3. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ
  4. ޕޮލިސް ރިޕޯޓް
  5. މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  2. އިންޓަރވިއު
  3. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިތުރު މަޢުލޫމާތު:

  • މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދެވޭނެއެވެ. އަދި،
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ދާއިމީ މުވައްޒަފުންގެ ގޮތުގައި ހަމަޖެއްސޭނެއެވެ.
  • އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.  
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3018415 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2016 މޭ 23 ވާ ހޯމަ ދުވަހު 14:00ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ (ގްރީން ބިލްޑިންގ) އަށް ނުވަތަ،

މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް.

15 މޭ 2016