ތަމްރީނު
ނަންބަރު: 170-SA/I/2016/53
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 09 ޖޫން 2016 12:30
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ ޖޫން ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

އިޢުލާން

2016 ވަނަ އަހަރުގެ ޖޫން މަހުގައި ފެށޭ ސެމިސްޓަރގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

  1. ޑިޕްލޮމާ އިން ޓީޗިންގ ޤުރްއާން
  2. ޑިޕްލޮމާ އިން ޓީޗިންގ އިސްލާމިކު ސްޓަޑީޒް
  3. ޑިޕްލޮމާ އިން ޓީޗިންގ ޢަރަބިކު ލޭންގުއޭޖް

ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބައިގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ފޯމު ލިބެން ހުންނާނީ ޔުނިވަރސިޓީގެ ކައުންޓަރުންނާއި ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބައިގެ އިދާރާއިން އަދި ވެބްސައިޓު (www.ium.edu.mv) ންނެވެ.

މަތީގައި ދެންނެވުނު ކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

ލެވެލް

ފެކަލްޓީ / ސެންޓަރުގެ ނަން

ކޯހުގެ ނަން

ޝަރުޠު

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކޯހުގެ ޖުމުލަ ފީ

ލެވެލް 5

ކުއްލިއްޔާ އޮފް އެޑިއުކޭޝަން

ޑިޕްލޮމާ އިން  ޓީޗިންގ ޤުރްއާން

ހ. މަތީ ސާނަވީ (ޖީ.ސީ.އީ.އޭ ލެވަލްގެ 2 މާއްދާއިން/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުން. ނުވަތަ،

ށ އެމް.ކިއު.އޭ ގަބޫލުކުރާ، ގުޅޭ ދާއިރާއަކުން، ލެވަލް 4 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން ނުވަތަ،

ނ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލްގެ ކޯހެއް ފުރިހަމަކޮށްފައިވުން.  

ހެނދުނު

20

1 އަހަރު (2 ސެމިސްޓަރ)

-/6,485 ރުފިޔާ

ލެވެލް 5

ކުއްލިއްޔާ އޮފް އެޑިއުކޭޝަން

ޑިޕްލޮމާ އިން  ޓީޗިންގ  އިސްލާމިކު ސްޓަޑީޒް

ހ. މަތީ ސާނަވީ (ޖީ.ސީ.އީ.އޭ ލެވަލްގެ 2 މާއްދާ/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 4 ގެ ސެޓުފިކެޓެއް ގުޅޭދާއިރާއަކުން ހާސިލުކޮށްފައިވުން ނުވަތަ،

ނ. ޔުނިވަރސިޓީގެ ފައުންޑޭޝަން ލެވެލްގެ ކޯހެއް ފުރިހަމަކޮށްފައިވުން. 

ހެނދުނު

20

1 އަހަރު (2 ސެމިސްޓަރ)

-/7,015 ރުފިޔާ

ލެވެލް 5

ކުއްލިއްޔާ އޮފް އެޑިއުކޭޝަން

ޑިޕްލޮމާ އިން ޓީޗިންގ ޢަރަބިކު ލޭންގުވިޖް

ހ. އުނިވަރސިޓީ ގަބޫލުކުރާ ޝަހާދާ ޘާނަވިއްޔާއާ އެއް ފެންވަރެއްގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

ށ. ޔުނިވަރސިޓީއިން ހިންގާ ޢަރަބި ކޯހުން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ޔުނިވަރސިޓީއިން ހިންގާ ޢަރަބި ކޯހުގެ ލެވެލް 4 ނިންމާ ސަނަދު ހާސިލުކޮށްފައިވުން. ނުވަތަ،

ރ. އެމް.ކިޔު.އޭއިން ގަބޫލުކުރާ، ޢަރަބި ބަހުގެ ދާއިރާއިން ލެވެލް 4 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

އަދި މަތީގައިވާ ޝަރުޠު ފުރިހަމަވުމާއެކު ޔުނިވަރސިޓީން ދޭ އިންޓަވިޔުން ފާސްވުން.  

ހެނދުނު

20

1 އަހަރު (2 ސެމިސްޓަރ)

-/8,035 ރުފިޔާ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް ދެވޭ އިރުޝާދު

ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމު

  • ލިބިފައިވާ ސަނަދުތަކުގެ ވެލިޑޭޓުކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.

  • އައި.ޑީ ކާޑުގެ ކޮޕީ.

  • ޕާސްޕޯޓު ސައިޒުގެ 2 ފޮޓޯ.

  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުކޮށް ހުށަހަޅާ ފޯމެއް ބަލައިނުގަނެވޭނެއެވެ.

  • ސަނަދުތައް ހުންނަންޖެހޭނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ނުވަތަ އެމް.ކިޔު.އޭ އިން ސަނަދުގެ ލެވެލް އަންގައިދޭ ތައްގަނޑުޖަހާފައެވެ.

  • އައި.ޑީ ކާޑުގެ ކޮޕީ ވެރިފައިކުރުމަށްޓަކައި އައިޑީކާޑުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަސްލު ދޫކުރެވޭނެއެވެ.

  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެންތަކެތި، ފެކްސް/ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަސްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.

  • އޯޕަން ޑޭ އޮންނާނީ މޭ މަހުގެ 17 އަދި 18 ވަނަ ދުވަހުގެ 09:00 ން 13:00 އަށް އަދި 14:00 ން 17:00 އަށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ.

  • ރަޖިސްޓްރޭޝަން އޮންނާނީ ޖޫން 7، 8 އަދި 9 ވަނަ ދުވަހުގެ 10:30 ން 12:30 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ.

  • ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް އޮރިއެންޓޭޝަން އޮންނާނީ 2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ.

  • ސެމިސްޓަރގެ ކިޔެވުން ފެށޭނީ 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގައެވެ.

  • ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.

  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:  3316870 އަދި 3322718 ނަންބަރަށެވެ.

ކޯހާބެހޭ މަޢުލޫމާތު ޔުނިވަރސިޓީގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 13:00 އަށެވެ.

3 ޝަޢުބާން 1437

11 މޭ 2016