ދިވެހިރާއްޖެ
އިޢުލާން
ގައްދޫ ދެކުނު ބަނދަރު ސަރަޙައްދުގައި ވިޔަފާރި މަރުކަޒެއް ހެދުމަށް ފުރުޞަތު ހުޅުވާލުމާ ބެހޭ:
ގައްދޫ ދެކުނު ބަނދަރު ސަރަޙައްދުގައި މަސްވެރިންގެ ހިޔާގެ ގޮތުގައި ހަދަންފަށާފައިވާ ޢިމާރާތް، ވިޔަފާރި ބޭނުންތަކަށް ތަރައްޤީކޮށް މަސްވެރިންނާއި ބަނދަރުގެ ބޭނުންހިފާ ފަރާތްތަކަށް މަންފާކުރާނެ ގޮތަކަށް 25 އަހަރުގެ މުއްދަތަށް ކުއްޔަށްދިނުމަށް ކައުންސިލުން ބޭނުންވެއެވެ. މިގޮތުން މިބިން މީގެ ކުރިން ވެސް 2 ފަހަރެއްގެ މަތީން، އިޢުލާންކުރެވި އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި ބިމާ ގުޅުންހުރި ބައެއް ކަންކަން އަލުން މުރާޖަޢާކުރުމަށްފަހު އަލުން އެ ބިން ކުއްޔަށްދިނުމަށް އިޢުލާނުކުރަމެވެ.
ވީމާ، މި ބިން ކުއްޔަށްހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 24 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކައުންސިލުގެ އިދާރާގެ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖޫން 07 ވާ އަންގާރަ ދުވަހުގެ 11:00 އަށް ކައުންސިލުގެ އިދާރާގެ މީޓިންގ ރޫމަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީއާއި އެ ބޭފުޅަކު ތަމުސީލުކުރައްވާ ފަރާތުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ބީލަމަށް ކުރިމަތިލެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރިކުރުމަށް ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވަހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
04 ޝަޢުބާން 1437