މަސައްކަތް
ނަންބަރު: (IUL)160-A/1/2016/67
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 22 މޭ 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
މަރުކަޒުގެ ބައެއް މަރާމާތުތަކާގުޅޭ

އިޢުލާން

މަރުކަޒުގެ ބައެއް މަރާމާތުތައް ކުރުމާބެހޭ

މި މަރުކަޒުގައި ހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

މި މަރުކަޒުގެ ބައެއް މަރާމާތުތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL) 160-A/1/2016/59 އިޢުލާނާ ގުޅިގެން އެކަށީގެންވާ ރަނގަޅު ހުށަހެޅުމެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މި މަރުކަޒުގެ ބައެއް މަރާމާތުތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތުދޭ ދުވަހު ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދެންނެވީމެވެ.

އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 މޭ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައެވެ.

05 ޝަޢުބާން 1437

 

12 މޭ 2016