ނޫސްބަޔާން
ނަންބަރު: (IUL) 142-C1/1/2016/50
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 26 މޭ 2016 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1437ވަނަ އަހަރު ރަމަޟާން މަހު މާލެސިޓީގައި ތަރާވީސް ބޭއްވުމާބެހޭ

ނޫސްބަޔާން

1437 ވަނަ އަހަރު ރަމަޟާން މަހު މާލެސިޓީގައި ތަރާވީސް ބޭއްވުމާބެހޭ

ރަމަޟާންމަހުގެ ރޭތައް ދިރުވައި އާލާކުރުމަށްޓަކައި މާލޭގެ އެކިހިސާބުގައި، އެހިސާބެއްގައި އުޅޭ އަވަށްޓެރިން އެއްވެގެން ތަރާވީސް ރާވައި ބޭއްވުމަކީ މި މިނިސްޓްރީން ވަރަށް ބޮޑަށް ތަރުޙީބުދޭ ކަމެކެވެ. ނަމަވެސް، ރަމަޟާން މަހަކީ މާލޭގެ މަގުމަތީގެ ކާރޫބާރު ބޮޑުވާ މަހަކަށްވުމާއެކު މިކަމަށް އެކަށީގެންވާ މާހައުލެއް އުފައްދައިދީ، ރަނގަޅު މާހައުލެއް ޤާއިމުކޮށްދިނުމަށް އެހީތެރިވެދެވެން އޮތް މިންވަރަކުން އެހީތެރިވުމަށް މިނިސްޓްރީން ބޭނުންވެއެވެ.

ވީމާ، 1437 ވަނަ އަހަރު ރަމަޟާން މަހު މާލެސިޓީގެ މަގުމަތީގައި ތަރާވީސް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން 2016 މޭ 26 ވާ ބުރާސްފަތިދުވަހު 14:00 ގެ ކުރިން މި މިނިސްޓްރީއަށް، 1437 ވަނަ އަހަރު ރަމަޟާން މަހު މާލެސިޓީގެ މަގުމަތީގައި ތަރާވީސް ބޭއްވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ފޮނުއްވުމަށް ދެންނެވީމެވެ. 1437 ވަނަ އަހަރު ރަމަޟާން މަހު މާލެސިޓީގެ މަގުމަތީގައި ތަރާވީސް ބޭއްވުމަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

08 ޝަޢުބާން 1437

16 މޭ 2016