މަސައްކަތް
ނަންބަރު: (IUL)348-EM/348/2016/46
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 17 މޭ 2016 13:00
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާނު ދިއްލައި، ސާފުކޮށްދޭނެ ފަރާތެއް ހޯދަން

                                   އިޢުލާން

ޤަބުރުސްތާނު ސާފުކުރުމާ ބެހޭ:

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ޤަބުރުސްތާނު ދިއްލަައި، ސާފުކޮށްދޭނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.

ވީމާ، އެ މަސައްކަތްކޮށްދޭން ބޭނުންވާ ފަރާތްތަކުން  2016 މޭ 17 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 22 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމަށް އެދި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކުން އެ ފަރާތެއްގެ އައި.ޑީ ކާޑު ގެންނެވުމަށާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުންވެސް އެ ފަރާތެއްގެ އައި.ޑީ ކާޑު ގެ ފޮޓޯ ކޮޕީއަކާއި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތުގެ އައި.ޑީ ކާޑުގެ ފޮޓޯ ކޮޕީއެއް ގެންނެވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުވާނީ ސިޓިއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ.

03 ޝަޢުބާން 1437

10 މޭ 2016