މަސައްކަތް
ނަންބަރު: (IUL)KRH-PLD/2016/13
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 23 މޭ 2016 11:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް، ލާންޗު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ހޮސްޕިޓަލުން ކުރަންޖެހޭ ލާންޗު ދަތުރުތައް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)KRH-PLD/2016/01 (28 ޖަނަވަރީ 2016) އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުވުމާ ގުޅިގެން، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިދެންނެވި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި މި ހޮސްޕިޓަލުގެ މީޓިންރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

  • މައުލޫމާތު ސާފުކުރުން

2016 މޭ 23 ވާ ހޯމަ ދުވަހުގެ 11:00 އަށް

  • ޕްރޮޕޯސަލް ހުށަހެޅުން

2016 މޭ 30 ވާ ހޯމަ ދުވަހު 11:00 އަށް

މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

9 ޝަޢުބާން 1437

16 މޭ 2016