ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
މާއެނބޫދޫ ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ރަނިންގ ޓްރެކެއް ހިމެނޭގޮތަށް ދ. މާއެނބޫދޫ ފުޓްބޯޅަދަނޑުގެ ވަށައި އިންފާރު ރޭނުމާއި، ފެންސުޖެހުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މީރާގައި ރަޖިސްޓަރީ ކޮށްފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ބިޑް އިވެލުއޭޓުކުރުމުގައި މާކުސް ދެވޭނެ ގޮތުގެ ތަފުސީލު
މާކުސް ދެވޭ ކްރައިޓީރިއާ |
މާކުސް ދެވޭގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
75% |
ހުޅަހަޅާ އަގަށް ދެވޭ މާކުސް މާކުސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗު މާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެ ލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކުސް ލިބެނީ އެންމެ ކުޑަ އަގަކަށް |
އެންމެ ކުޑަ އަގު ހުށަހެޅިފައިވާ އަގު x75 |
ތަޖުރިބާ |
15% |
ތަޖުރިބާއަށް ދެވޭ މާކުސް މާކުސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ މުއްދަތުގެ ތެރެއިން އެންމެ ދިގު މުއްދަތަކީ ބެންޗު މާކެއް ކަމުގައި ބަލައިގެން އެ ލޮކޭޓްކޮށްފައިވާ % އެއް. މިގޮތުން އެންމެ ގިނަ މާކުސް ލިބެނީ އެންމެ ދިގު މުއްދަތަށް |
މުއްދަތު އެންމެ ދިގު މުއްދަތު x15
|
މުއްދަތު |
10% |
މަސައްކަތް ނިންމުމަށް ބޭނުންކުރާ މުއްދަތު މާކުސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތުގެ ތެރެއިން އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތުގެ މުއްދަތަކީ ބެންޗު މާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ އެ ލޮކޭޓްކޮށްފައިވާ % އެއް. މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ކުރު މުއްދަތަށް |
އެންމެ ކުރު މުއްދަތު މުއްދަތު x10 |
01- ބިޑް އިވެލުއޭޓުކުރާނީ މި އިދާރާއިން އެކުލަވައިލާފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
02- ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޝަރުޠު ފުރިހަމަވާ، އެންމެ މަތީ މާކުސް ލިބޭ ފަރާތަކަށް މި މަސައްކަތް ހަވާލު ކުރެވޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެނގޭނެއެވެ.
03– ބިޑް އިވެލުއޭޝަނަށްފަހު، އެއްވެސް ޝަކުވާއެއް އޮތް ނަމަ، ސިޓީއަކުން މި އިދާރާއަށް ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.
އަންދާސީހިސާބު ހުށަހެޅުން
އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.
ދ. މާއެނބޫދޫ ކައުންސިލު އިދާރާ
ދ. މާއެނބޫދޫ، ދިވެހިރާއްޖެ
އަންދާސީހިސާބު ހުޅުވުން
އަންދާސީހިސާބު ހުޅުވާނީ 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތަފުސީލުތައް އިވެލުއޭޝަން ފޯމުގައި ފުރިހަމަ ކުރެއްވުމަށްފަހު ސޮއިކުރެވޭނެއެވެ. އަދި އެއަށްފަހު ބިޑް އިވެލުއޭޓް ކުރުމަށްޓަކައި ދ. މާއެނބޫދޫ ކައުންސިލުހެ އިދާރާއިން އެކުލަވާލާފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީއަށް ހުރިހާ ލިޔުންތައް ހުށަހެޅޭނެއެވެ. އަދި އިވެލުއޭޝަން ކޮމިޓީން ބިޑް އިވެލުއޭޓް ކުރުމަށްފަހު، އެކަން ކައުންސިލުގެ އިދާރާއަށް އެންގުމުން ބިޑް ކާމިޔާބުކުރެއްވި ފަރާތަށް އަދި ބިޑް ހުށަހެޅުއްވި ހުރިހާ ފަރާތްތަކަށް ކައުންސިލުގެ އިދާރާގެ ލިޔުމަކުން އަންގާނެއެވެ. ބިޑް މީޓިންގގައި އެއްވެސް ޑޮކިއުމެންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
04 ޝަޢުބާން 1437