މަސައްކަތް
ނަންބަރު: GS157/2016/IU29
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 17 މޭ 2016 11:00
ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
ކުޑަދޮރުތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:                   

މި ސްކޫލުގައި ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 6 އެޕްރީލް 2016 ގައި ކުރި ނަންބަރު: GS157/2016/IU23 އިޢުލާނަށް އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ 2 ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަދި 25 އެޕްރީލް 2016 ގައި ކުރި ނަންބަރު: GS157/2016/IU26 އިޢުލާނަށް އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން އަންދާސީހިސާބު ކަނޑަން ބޭނުންނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ނަންބަރު

ޕްރޮޖެކްޓުގެ ނަން

1

ސުކޫލުގެ 5 ކުލާސް ރޫމު ހިމެނޭ ހޯލު ޢިމާރާތުގެ އެއް ފަރާތުގެ ކުޑަދޮރުތައް ބަދަލުކުރުން.

ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 17 ވާ އަންގާރަ ދުވަހުގެ 11:00 އަށް ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު، އައި.ޑީ ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް، މަޢުލޫމާތު ސާފުކުރާފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރުގައި ސިޓީގެ ބޭރުގައި ހުށަހަޅުއްވާ ޕްރޮޖެކްޓުގެ ނަން ލިޔެފައި އޮއްނަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

04 ޝަޢުބާން 1437  

11 މޭ 2016