މަސައްކަތް
ނަންބަރު: GS55/IU/2016/08
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 23 މޭ 2016 11:30
ކޮޅުމަޑުލު ކިނބިދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރިންސިޕަލް ރޫމަކާއި މުވައްޒަފުންނަށް ޚާއްޞަ 2 ފާޚާނާ ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރިންސިޕަލް ރޫމާއި މުވައްޒަފުންގެ 2 ފާޚާނާ ޢިމާރާތްކުރުން:

މި ސުކޫލުގައި ޕްރިންސިޕަލް ރޫމަކާއި މުވައްޒަފުންނަށް ޚާއްޞަކޮށްގެން 2 ފާޚާނާ ޢިމާރާތްކުރަން ބޭނުންވެއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 މޭ 23 ވާ ހޯމަ ދުވަހުގެ 11:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 11:30 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ، ހަމައެކަނި މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ. ނަމަވެސް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، މައުލޫމާތު ސާފުކުރައްވާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. ބީލަން ކެނޑުން އޮންނާނީ 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 11:35 ގައި، ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ބައްދަލުވުމުގައި ބީލަން ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބީލަމުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައި.ޑީ ކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.

04 ޝަޢުބާން 1437

11 މޭ 2016