ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)160-A/1/2016/66
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 22 މޭ 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
މަރްކަޒަށް ރިސޯސް ކޯޑިނޭޓަރަކު ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ރިސޯސް ކޯޑިނޭޓަރަކު ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ އަދަދު:      1   

މަސްއޫލިއްޔަތު:

1. ލައިބްރަރީއާއި ގުޅޭ މަސައްކަތްތައް

2. ވެބްސައިޓާގުޅޭ މަސައްކަތްތައް

3. ސަރވަރ ބެލެހެއްޓުން

4. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން

5. ޑާޓާ ބޭސް ބެލެހެއްޓުން

6. ކޯސްތައް ކޯޑިނޭޓްކުރުން

ޝަރުޠު:

ލެވެލް 3 ގެ ސެޓުފިކެޓެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަތީ ތަޢުލީމުދޭ މުއައްސަސާއެއްގައި ވަޒީފާގައި މަދުވެގެން 6 އަހަރުދުވަހުގެ މުއްދަތަށް އުޅެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.

ޢަރަބި ބަހުގެ ލައިބްރަރީއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

އުޖޫރަ: މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/100 ރުފިޔާ

މުއްދަތު: ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓްކުރެވޭނީ 6 މަސްދުވަހުގެ މުއްދަތަށެވެ.

6 މަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 18 މަސްދުވަހަށް  އިތުރުކުރެވިދާނެއެވެ.

ވީމާ، މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު ސިޓީފޮނުއްވުން އެދެމެވެ.

05  ޝަޢުބާން  1437

12 މޭ 2016