ދެންނެވުން
ނަންބަރު: (IUL)22-TF/1/2016/112
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި:
23 މޭ 2016 00:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤަލަމް އިންޓަނޭޝަނަލް ޕްރީ ސްކޫލުގައި ހުރި އެޑިޔު އޮޕްޝަންގެ ތަކެތި ގެންގޮސް ނިންމުމަށް ދެވޭ 7 ދުވަހުގެ ނޯޓިސް
އިޢުލާން
ވިލިނގިލީ އަވަށުގައި ގަލަމް އިންޓަނޭޝަނަލް ޕްރީސްކޫލްގެ ނަމުގައި ހިންގި ވިލިމާލެ ޕްރީސްކޫލް އިމާރާތާ 2015 ނޮވެންބަރު 17 ވަނަ ދުވަހު މި މިނިސްޓްރީން ހަވާލުވިއިރު އެ ސްކޫލުގައި ހުރި ގަލަން އިންޓަނޭޝަނަލް ޕްރީސްކޫލުގެ ތަކެތި ގެންގޮސް ނިންމުމަށް 29 އޭޕްރިލް 2016 އިން ފެށިގެން 05 (ފަހެއް) ދުވަހުގެ މުއްދަތެއް ދިނުމުން އެ މުއްދަތު ހަމަވިއިރުވެސް އެ ތަކެތި ގެންގޮސްފައިނުވާތީ، އެ ތަކެތި ގެންގޮސް ނިންމުމަށް 17 މޭ 2016 އިން ފެށިގެން އިތުރު 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދެމެވެ.
ވީމާ، އެންމެފަހު ފުރުސަތުގެ ގޮތުން ދެވޭ މިދެންނެވި 7 (ހަތެއް) ދުވަހުގެ މުއްދަތު ހަމަވާއިރު ނުގެންގޮސް ހުންނަ ތަކެތި ނީލަމުގައި ވިއްކައިލެވޭނެކަން އަންގައި އިޢުލާން ކުރަމެވެ.
05 ޝަޢުބާން 1437
12 މޭ 2016