ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A1/1/2016/49
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2016
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 26 މޭ 2016 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކޮންސަލްޓެންޓް ހޯދުމަށް

އިޢުލާން

މަގާމު

ކޮންސަލްޓެންޓް

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

މުއްދަތު: 01 އަހަރު

ބޭނުންވާ އަދަދު

01 (އެކެއް)

މުސާރަ

-/10,000 ރ.

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ "ދީނީ ހޭލުންތެރިކުރުމާބެހޭ ބައި"

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

1- ދީނީގޮތުން އޮޅުންފިލުވުމަށް ބޭނުންވާ ކަންކަމުގައި އާންމުންކުރާ ސުވާލުތަކަށް ޖަވާބުދެއްވުން.

2- ދީނީ މަޢުލޫމާތު ހޯދުމަށާއި ކައުންސލިންގ ހޯދުމަށް އަންނަ ފަރާތްތަކަށް މަޢުލޫމާތު ދީ ކައުންސިލިންގ ދިނުން. 

3- މިނިސްޓްރީން ހިންގާ ދީނީ ޕްރޮގްރާމުތަކުގައި ދީނީ މަޢުޟޫއަށް ވާހަކަފުޅު ދެއްކެވުން.

4- މިނިސްޓްރީގެ ވެބްސައިޓަށް ހުށަހެޅޭ ދީނީ ސުވާލުތަކަށް ޖަވާބުދެއްވުން.

5- މިނިސްޓްރީއަށް ހުށަހަޅާ ދިނީފޮތްތަކާއި އާރޓިކަލްތައް ފާސްކުރުމުގެ މަސައްކަތް ކުރުން.

6- ރާއްޖޭގެ ކުދިންނަށް ކިޔާ ނަންތަކަކީ މުސްލިމުންނަށް ކިޔާ ނަންތަކެއްތޯ ބެއްލެވުން

7- މިނިސްޓްރީން ނެރޭ ހުކުރު ޚުޠުބާއާއި ހިދާޔަތުގެ އަލި މަޒުމޫނު ޕްރޫފް ރީޑްކުރެއްވުން.

8- މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން ރަސްމީގަޑީގައި ދުވާލަކު މަދުވެގެން 4 ގަޑިއިރު މިނިސްޓްރީގައި މަސައްކަތް ކުރުން

9- މީގެ އިތުރުންވެސް މިނިސްޓްރީން އެދޭ ކަންކަމުގައި އެހީތެރިވެދިނުން

10- މި މިނިސްޓްރީން ޢާންމު ރައްޔިތުންނަށް ޤާއިމުކޮށްފައިވާ ހޮޓްލައިން މެދުވެރިކޮށް ކުރާ ސުވާލުތަކަށް ވަގުތުން ޖަވާބުދެއްވުމުގެ މަސައްކަތް ކުރުން.

މި މަގާމަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު: މި މަޤާމަށް މީހުން ހަމަޖެއްސުމުގައި މަސައްކަތުގެ ދާއިރާއިން ހާސިލުކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެއެވެ.

ސުންގަޑި

  • 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒު)

    ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަންބަރަކީ 3315161
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

05 ޝަޢުބާން 1437

12 މޭ 2016