ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2016/66
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2016
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 22 މޭ 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް ކޯޑިނޭޓަރަކު ހޯދުމަށް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް، ރިސޯސް ކޯޑިނޭޓަރަކު ހޯދަން ބޭނުންވެއެވެ.

މަޤާމް: ރިސޯސް ކޯޑިނޭޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)      

މަޤާމުގެ މަސްއޫލިއްޔަތު: 

1. ލައިބްރަރީއާ ގުޅޭ މަސައްކަތްތައް.

2. ވެބްސައިޓާ ގުޅޭ މަސައްކަތްތައް.

3. ސަރވަރ ބެލެހެއްޓުން.

4. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން.

5. ޑާޓާ ބޭސް ބެލެހެއްޓުން.

6. ކޯސްތައް ކޯޑިނޭޓްކުރުން.              

މަޤާމުގެ ޝަރުޠު:  

- ލެވެލް 3 ގެ ސެޓްފިކެޓެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަތީ ތަޢުލީމުދޭ މުއައްސަސާއެއްގެ ވަޒީފާގައި މަދުވެގެން 6 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.

- ޢަރަބި ބަހުގެ ލައިބްރަރީއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އުޖޫރަ: މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/100 ރުފިޔާ

މުއްދަތު: ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް (ފުރަތަމަ އެގްރިމެންޓްކުރެވޭނީ 6 މަސްދުވަހުގެ މުއްދަތަށެވެ. 6 މަސްދުވަސް ހަމަވުމުން، ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 18 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.)

ސުންގަޑި:

މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން، 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން، ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ސިޓީ ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓްކުރެވިފައިވާ) 

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5 ޝަޢުބާން 1437

12 މޭ 2016