ދިވެހިރާއްޖެ
އިޢުލާން
ކޮންޓްރެކްޓް އުސޫލުން މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
އިބުރާހިމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ރާޑަރ ސައިޓުގައި ބަހަށްޓާފައިވާ 60 ކިލޯ ވޮޓްގެ 2 ޖެނެރޭޓަރު މަރާމާތުކުރަން ބޭނުންވެގެން ކުރެވުނު ފުރަތަމަ ނަންބަރު MMS-A/2016/17 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ހުޅުލޭގައި ހުންނަ މި ސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 30 ވާ ހޯމަދުވަހުގެ 10:30 ގެ ކުރިން މި ސަރވިސްއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 9944777 އަށް ގުޅުއްވުން އެދެމެވެ.
08 ޝަޢުބާން 1437