ދިވެހިރާއްޖެ
ނިއުޒިލެންޑް ކޮމަންވެލްތު ސްކޮލަރޝިޕް 2016 އެވޯޑްސް |
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ނަންބަރު (IUL)166-Schol/166/2016/21 (06 މާރިޗު 2016) ޢިއުލާނާ ޙަވާލާދީ ދަންނަވަމެވެ. ގިނަ އަދަދެއްގެ ކެންޑިޑޭޓުންގެ އެދިލެއްވުމުގެމަތިން ހަވާލާދެވިފައިވާ އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި މިހާރު 18 މާ 2016 ގެ 13:30 އަށް އިތުރުކުރެވިފައިވާ ކަމުގައި ދެންނެވީމެވެ. އަދި މި ސުންގަޑިއާހަމައަށް އެޕްލައިކުރާ ކެންޑިޑޭޓުން، ނިއުޒިލެންޑުގެ ޔުނިވަރސިޓީއަކުން ހޯދަންޖެހޭ ޕްލޭސްމެންޓް ނުވަތަ ކޮންޑިޝަނަލް އޮފަރލެޓަރ ހުށަހެޅުމުގެ ސުންގަޑި 25 މޭ 2016 ގެ 13:30 އަށް އިތުރުކޮށްފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުޠުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މަޢުލޫމާތު މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv އިން ލިބެންހުންނާނެއެވެ. |