ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2016/82
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2016
ޕަބްލިޝްކުރި ގަޑި: 18:06
ސުންގަޑި: 31 މޭ 2016 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވިޔަފާރި ރަޖިސްޓަރީކުރުމަށް އާ ފޯމެއް ތަޢާރަފުކުރުން

އިޢުލާން

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހެޅޭ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާރޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތައް ރަޖިސްޓަރީކުރުމަށްޓަކައި އާ ފޯމެއް (ޔުނިފައިޑް ފޯމެއް) ތަޢާރަފުކޮށްފައިވާނެއެވެ. މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުން ލޯޑްކުރެވޭނެއެވެ.

ވީމާ، ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދޭ ފަރާތްތަކުން މި ފޯމު ހުށަހެޅުއްވުން އެދެމެވެ. އަދި 1 ޖޫން 2016 އިން ފެށިގެން ކުރިން ބޭނުންކުރަމުންދިޔަ ފޯމުތައް މި މިނިސްޓްރީން ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމަވެ.

03 ޝަޢުބާން‏ 1437

11 މޭ 2016