ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)202-A/1/2016/54
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:40
ސުންގަޑި: 24 މޭ 2016 11:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑްރައިވިންގ ސައިޓުގައި ބޭނުން ކުރުމަށް ކޯން ގަންނަން ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އޮތޯރިޓީގެ ޑްރައިވިންގ ސައިޓުގައި ބޭނުން ކުރުމަށް ކޯން ގަންނަން ބޭނުންވެގެން 2016 މޭ 04 ވަނަދުވަހު ކޮށްފައިވާ ނަންބަރު (IUL)202-A/1/2016/50 އިޢުލާން ބާޠިލުކޮށް އަލުން މި ތަކެތި ގަތުމަށް އިޢުލާން ކުރަމެވެ.

ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 24 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

02 ޝަޢުބާން 1437

10 މޭ 2016