ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކޯޓުގެ މިޑިއޭޓަރގެ މަޤަމަށް މީހަކު ހޯދުމަށްޓަކައި 5 އެޕްރީލް 2016 ގައި ކޮށްފައިވާ 146A1/2016/87 ނަންބަރުގެ އިޢުލާނާ ގުޅިގެން، މަޤާމުގެ ޝަރުޠު ހަމަވާ މީހުން އެކަށީގެންވާ އަދަދަކަށް އެ މަޤާމަށް ކުރިމަތިލާފައިނުވާތީ، އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ.
| 
 މަޤާމް:  | 
 މީޑިއޭޓަރ  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ޑެޕިއުޓީ ޑިރެކްޓަރ  | 
| 
 މަޤާމުގެ ރޭންކް:  | 
 އެމް. އެސް. 4  | 
| 
 މަސައްކަތްކުރަންޖެހޭ ތަން:  | 
 ފެމިލީކޯޓު / އާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭބައި  | 
| 
 އަސާސީ މުސާރަ:  | 
 މަހަކު -/7،875 ރުފިޔާ  | 
| 
 
 އެލަވަންސްތަކާއި ޢިނާޔަތްތައް:  | 
 - ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ - ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 - އިތުުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.  | 
| 
 އަސާސީ ޝަރުޠު:  | 
 މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން އެމް. އެސް. 3 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  | 
| 
 
 މަޤާމުގެ މަސްއޫލިއްޔަތު: 
  | 
 - ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ފޮނުވާ މައްސަލަތަކާއި، ހަމަޖެހިފައިވާ ގޮތުގެމަތިން ޞުލްޙައަށް ހުށަހެޅޭ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ކުރުން. - ވަޒީފާ ބަޔާނުގައި ހިމެނިފައިނުވިނަމަވެސް، ހާލަތު ނިޔާކުރާގޮތުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން.  | 
| 
 
 
 
 
 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 - އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން. - މުޢާމަލާތުކުރުމުގެ ހުނަރު. - އެޓިޓިއުޑް. . - ދިވެހިބަހުން ތަކެތި ލިޔުމާއި، ޖުމްލަ ހަމަޖެއްސުމުގެ ހުނަރު. - ރިޕޯޓް ލިޔުމުގެ ހުނަރު. - ވާހަކަދެއްކުމުގެ ހުނަރު. - ޓީމް ވޯކް. - އިސްނެގުން. - މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަން ހުރި މިންވަރު. - މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޢިލްމު ލިބިފައިވާ މިންވަރު. - ދީނީ ނަސޭހަތްދިނުމުގެ ހުއްދަ އޮތުން.  | 
| 
 
 
 
 
 
 
 ހުށަހަޅަންޖެހޭ ތަކެތި:  | 
 - ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މިފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. (ސެޓުފިކެޓް ލެވެލުން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.) - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. - ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ. - ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެ ފޯމެއް ބާޠިލުކުރެވޭނެއެވެ. ނޯޓު: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެހެންކަމުން، އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.  | 
| 
 ސުންގަޑި:  | 
 29 މޭ 2016 ގެ 14:30 ގެ ކުރިން.  | 
| 
 
 
 އިތުރު މަޢުލޫމާތު:  | 
 - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން އިޢުލާނާ އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.  | 
| 
 5 ޝަޢުބާން 1437  | 
|