ދިވެހިރާއްޖެ
އިޢުލާން
އެމްޓީސީސީގެ ފެރީ ނިޒާމުގެ މިދަންނަވާ ސެކްޓަރުތަކަށް ވަގުތީގޮތުން 60 މީހުންގެ ޖާގައަށްވުރެ މަދުނޫން އަދަދެއްގެ ޕަސެންޖަރ ކެޕޭސިޓީ ހުރި ފެރީ ކުއްޔަށްހިފަން ބޭނުންވެއެވެ.
-
މާލެ – ހުޅުމާލެ – މާލެ
-
މާލެ – ވިލިނގިލި – މާލެ
-
މާލެ – ތިލަފުށި – މާލެ
-
މާލެ – ގުޅީފަޅު – މާލެ
-
މާލެ - ތަނބުރުދޫ – މާލެ
މި ފެރީތައް ކުއްޔަށްހިފަން ބޭނުންވަނީ ދަތުރުތަކަށް ބިލުކުރާ އުސޫލުންނެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 މޭ 2016 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް މީޓިން ރޫމް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު، 22 މޭ 2016 ވަނަ ދުވަހުގެ 14:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.