މަސައްކަތް
ނަންބަރު: (IUL)56-CAS/1/2016/12
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 24 މޭ 2016 11:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އިންޓީރިއާ ޑިޒައިން ކުރުމުގެ މަސައްކަތާއި، ޑިޒައިނާ އެއްގޮތަށް އެ ފްލޯ މަރާމާތުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ކުރީގެ އެމް.ބީ.ސީ ހިގަމުން އައި އިމާރާތުގެ 3 ވަނަ ފްލޯގެ އިންޓީރިއާ ޑިޒައިން ކުރުމުގެ މަސައްކަތާއި، ޑިޒައިނާ އެއްގޮތަށް އެ ފްލޯ މަރާމާތުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (21.04.2016)(IUL)56-CAS/1/2016/10 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކުތުބުޚާނާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 24 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޤައުމީ ކުތުބުޚާނާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީ ކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ (މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް)

މެދުޒިޔާރަތް މަގު، މާލެ (ސަލްޓަން ޕާރކް އިރުއުތުރު ކަންމަތި)    

03 ޝަޢުބާން 1437

12 މޭ 2016