ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓަރ
މަޤާމުގެ ރޭންކް: އެމް. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ބޭނުންވާ އަދަދު: 1 (އެކެއް)
ސެކްޝަން / ޔުނިޓް: އިދާރީ
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ފ. ބިލެއްދޫ ސްކޫލް
މަޤާމުގެ ގިންތި: ދާއިމީ
މުސާރަ: -/7،035 ރުފިޔާ
ސަރވިސް އެލަވަންސް: -/2،000 ރުފިޔާ
ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށްދޭ ޢިނާޔަތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ ޢިނާޔަތް ފަދަ) ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.
ވަޒީފާ އޮތް އޮފީސް: ބިލެއްދޫ ސްކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން، ބިލެއްދޫ ސްކޫލް
މަޤާމުގެ ޝަރުޠުތައް:
1. އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލް މެނޭޖްމެންޓް/ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު/ އެކައުންޓިންގ/ ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ސްކޫލް މެނޭޖްމެންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި، 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލް މެނޭޖްމެންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލް މެނޭޖްމެންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3. އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލް މެނޭޖްމެންޓް/ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
4. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
5. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ރަސްމީ މަސައްކަތާއި، ނުރަސްމީ މަސައްކަތްތަކުގައި ރޭވިފައިވާ އުސޫލާ އެއްގޮތަށް އޮފީސް ހުޅުވައި، ލެއްޕުން.
- ސަރުކާރުގެ ފައިސާއާބެހޭ އާންމު ގަވާއިދުތަކާއި ހަމަތަކުގެމަތިން ސްކޫލް ހިންގުމުގެގޮތުންނާއި ކިޔަވައިދިނުމާ ގުޅޭގޮތުން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރުމާއި، މި ޚަރަދުތައް ކުރެވޭގޮތާއި، ޚަރަދުތައް ހިންގާ ނުހިނގާގޮތް ބެލެހެއްޓުން.
- ސްކޫލުގެ ބަޖެޓުން ކުރެވޭ އެކިއެކި ޚަރަދުތައް، އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓަކުން ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތައް ކުރުން.
- ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއްއައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން.
- ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.
- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ ކަންތައް ބެލެހެއްޓުން.
- ސްކޫލުގައި ބޭއްވޭ ބައިނަލްއަޤްވާމީ އިމްތިޙާނުތަކާބެހޭ އިދާރީ އެންމެހައި މަސައްކަތައް ރާވައި ބެލެހެއްޓުން.
- ދަރިވަރުންގެ ކައްތައްތަކުގައި ކުރަންޖެހޭ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން.
- ދުވަހުގެ ޔައުމިއްޔާއާއި ބައްދަލުވުންތަކުގެ ޔައުމިންޔާތައް ކުރިއަށްގެންދާގޮތް ބެލެހެއްޓުން.
- ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.
- ކިޔަވައިދިނުމާ ސީދާ ގުޅުމެއްނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބަލައި އެ މުއައްޒަފުންގެ މަސައްކަތް އޮބްޒާވްކުރުން.
- އެޑްމިން މުވައްޒަފުންނާއި މަސައްކަތު މުވައްޒަފުންގެ ވަޒީފާބަޔާނުގައި އެ މުވައްޒަފުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރަމުން ގެންދޭތޯ ބެލުން.
- ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީއާއި ސްޓޮކްގެ އެންމެހައި ކަންތައްތައް ބެލުން.
- ސްކޫލުގެ އެންމެހައި އިމާރާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަނާއި ތަކެތި މަރާމާތުކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
- ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ސްކޫލުގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެގޮތުން އެކަންކަމާ ހަވާލުވެތިބޭ މުވައްޒަފުން އެކަންކަން ކުރަމުންގެންދޭތޯ ބެލުން.
- ސްކޫލުގެ އިންވެންޓްރީއާއި ސްޓޮކާ ގުޅޭ މަސައްކަތްތަކާ ހަވާލުވެތިބޭ މުވައްޒަފުން އެ މަސައްކަތްތައް ކުރަމުންގެންދާގޮތް ބެލެހެއްޓުން.
- ސްކޫލުގެ ހޯލާއި، ސްކޫލްގެ އެހެނިހެން ތަންތަން އެކި ފަރާތްތަކަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ސްކޫލުގައި ބޭއްވޭ ޚާއްޞަ ކަންތައްތަކުގައި، ވެރިން އަންގަވާ ގޮތެއްގެ މަތިން އެހީތެރިވުން.
- އެޑްމިންގައި މަސައްކަތްކުރާ މުވައްޒަފުންނާއި މަސައްކަތު މުވައްޒަފުންގެ އެޕްރައިޒަލް ފޯމު، އަހަރު ފެށުމުން ޓާގެޓް ކަނޑައަޅައި، އަހަރު ނިމުމުން، މުވައްޒަފުންނަށް ފީޑްބެކްދީ، މާރކްސްދީ، ފޯމު ފުރިހަމަކޮށް އެޗް.އާރު ސެކްޝަނާ ހަވާލުކުރުން.
- ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން، ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
މުއައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގައި އެހީވުން:
- އެކި މަޤާމުތަކަށް އެންމެ އެކަށީގެންވާ މުއައްޒަފުން ހޮވުމާއި، ވަޒީފާއިން ވަކިކުރުމުގައި އިސްވެ އުޅުން.
- މުވައްޒަފުންގެ ހާޒިރީ ގަވާއިދުން ބަލަހައްޓައި، މުވައްޒަފުންގެ ހާޒިރީ ރިޕޯޓު މަހަކު އެއްފަހަރު ބަލައި، ރިޕޯޓު ހެދުމުގައި އެހީތެރިވެދިނުން.
- މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރުކޮށް، ސިވިލް ސަރވިސްގެ ގަވާއިދުގައިވާ މުއްދަތުތަކަށް ކޮންމެ މުވައްޒަފެއްގެ ފެންވަރުބަލާ ފޯމުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
- މުވައްޒަފުންނާބެހޭ ހުރިހާ މަޢުލޫމާތެއް ބަލަހައްޓައި، މުވައްޒަފުންގެ ޗުއްޓީގެ ހުރިހާ ކަންކަމާއި، މުސާރައާބެހޭ ކަންކަމާއި، މުވައްޒަފުން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމުގެ ކަންތައްތަކާއި، މުވައްޒަފުންގެ ޕެންޝަނުގެ ކަންތަކުގައި އެހީތެރިވެދިނުން.
- މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެގޮތުން މުވައްޒަފުންގެ މަސައްކަތްތަކަށް ތަޢުރީފުކޮށް، މުވައްޒަފުންގެ އަގު ވަޒަންކުރުން.
ސްކޫލް ހިންގުމުގައި އިސްވެ އުޅުން:
- ސްކޫލުގެ ކަންތައްތައް ކުރިޔަށް ގެންދާނެގޮތުގެ ޕްލޭން ތައްޔާރުކުރުމުގައި އިސްވެއުޅުން.
- އިތުރަށް ސްކޫލުގެ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަޝްވަރާއެއްކޮށް، އެކަންކަން ތަންފީޒުކުރުމުގައި އިސްވެއުޅުން.
- ސްކޫލުގެ އެކިކަންކަން ރާވައި ހިންގުން ފުރިހަމަކުރުމަށް ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުން.
މުޢާމަލާތްކުރުން:
- މުވައްޒަފުންގެ މަސައްކަތްތަކާއި އަޚުލާޤީ ކަންކަމުގެ މަޢުލޫމާތު މުވައްޒަފުންނާ ހިއްސާކޮށް ޙައްލުކުރުން.
- މުދައްރިސުންގެ ސުލޫކީ މިންގަނޑުގެދަށުން އެހެން މުވައްޒަފުންނާ އޮންނަ ގުޅުން ހަރުދަނާކޮށް، ސްކޫލުގެ ކުރިއެރުވުމަށް މަސައްކަތްކުރުން.
- ސްކޫލުން ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މެނޭޖްމަންޓަށާއި ސްކޫލުގެ މުވައްޒަފުންނަށް އެއްބާރުލުން ދިނުން.
އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުން:
- އިތުރު ހަރަކާތްތަކާއި، ސްކޫލުން ރާވައި އިންތިޒާމުކުރާ ޖަލްސާތަކާއި ބައްދަލުވުންތަކަށް (މީޓިންގ، ކޯރޑިނޭޝަން، ޝެއަރިންގ، ޕާރފޯމެންސް އިވެލުއޭޝަން، ޑިސްކަޝަން، ސްޓާފްމީޓިންގ) ގަޑިނުޖެހި ހާޒިރުވެ ބައިވެރިވުން.
- ސްކޫލުން ރާވައި އިންތިޒާމުކުރާ ވޯކްޝޮޕް ސެޝަންތަކުގައި ފުރިހަމައަށް ބައިވެރިވުން.
- ކިޔަވައިދިނުމާ ގުޅުންހުރި ކަންކަމުގައި ސްކޫލުން ދެވޭ ފުރުޞަތުތަކުގައި ބައިވެރިވެ، އަމިއްލަ ކުރިއެރުމަށް މަސައްކަތްކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
1. ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން (ވަޒީފާގެ ޝަރުޠު ފުރިހަމަ ނުވާނަމަ، ޑިސްކޮލިފައިވާނެއެވެ.)
2. ތަޢުލީމާއި ތަމްރީނު: ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް.
3. ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ.
4. ލިބިފައިވާ ހުނަރު: އިންޓަވިޔު / ޕްރެކްޓިކަލްސް.
އިންޓަވިއު ކުރުން:
އިންޓަވިއު އޮންނަ ތަނާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި ސްކޫލުގެ އޮފީހަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މަތީގައި ބަޔާންކުރެވިފައިވާ ލިއުންތަކާއެކު ހުށަހެޅުން އެދެމެވެ.
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި، ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ބިލެއްދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) )
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
އިތުރު މަޢުލޫމާތު:
މި މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ބިލެއްދޫ ސްކޫލުގެ 7952913 ނަންބަރު ފޯނަށެވެ. ގުޅާނީ ރަސްމީ ގަޑީގައެވެ.
5 ޝަޢުބާން 1437