ވަޒީފާގެ ފުރުޞަތު
ނަންބަރު: IAS/MIS/2016-889
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 16 މޭ 2016 14:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ލައުންޖް ހޭންޑް ޓްރެއިނީ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ލައުންޖު ހޭންޑް

ޖޮބް ރިފަރެންސް ނަންބަރު: 47/J/2016

ކުރަންޖެހޭ މައިގަނޑު މަސައްކަތް: ލައުންޖާއި އޮފީސް ސާފުކޮށް ބެލެހެއްޓުމާއި، ލައުންޖަށް ބޭނުންވާ ތަކެތި ހަމަކޮށް ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

- ގްރޭޑް 10 ގެ ފެންވަރު ހުރުމާއެކު، އިނގިރޭސި ލިޔެ ކިޔަން އެނގުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

މަސައްކަތް ކުރަންޖެހޭ ތަން: ލައުންޖު ސަރވިސަސް / އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް

މަޤާމް :ލައުންޖް ހޯސްޓް/ ހޯސްޓެސް ޓްރެއިނީ
ބޭނުންވާ އަދަދު :1

މަޤާމް: ލައުންޖް ހޯސްޓް/ ހޯސްޓެސް ޓްރެއިނީ

ޖޮބް ރިފަރެންސް ނަންބަރު: 46/J/2016

ކުރަންޖެހޭ މައިގަނޑު މަސައްކަތް: ލައިން މެނޭޖަރުގެ އިރުޝާދުގެދަށުން، ލައުންޖަށް ދުވަހުން ދުވަހަށް ޒިޔާރާތްކުރާ ކަސްޓަމަރުންނަށް ބޭނުންވާ ކަންތައްތައް ބަލައި، އެބޭފުޅުންގެ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ޙައްލުކުރުމާއެކު، އެ ބޭފުޅުންނަށް ބޭނުންވާ ތަކެތި ސްޓޮކްގައި ހުރިތޯ ބަލައި، އެތަކެތި ހުރީ ބޭނުންކުރެވޭ ހާލަތެއްގައިތޯ ބަލައި ކަށަވަރުކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

- މަތީ ސާނަވީ އިމްތިޙާން ފުރިހަމަކޮށް، އިނގިރޭސިބަހާއި ހިސާބުން ދަށްވެގެން ސީ ފާސް ލިބިފައިވުން.

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

- މީހުންނާ ގުޅިގެން އެކުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.

މަސައްކަތް ކުރަންޖެހޭ ތަން: ލައުންޖު ސަރވިސަސް / އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް

ސުންގަޑި:

މި މަޤާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 16 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ www.maldivian.aero ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

އެޕްލިކޭޝަނާއި ލިޔުންތައް ހުށަހަޅަންޖެހޭ އެޑްރސް:

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފީސް

މ. ރާވެރިގެ، މަޖީދީމަގު، މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 3331262 ފެކްސް ނަންބަރު: 3314806    

އިތުރު މަޢުލޫމާތު:

- މި ވަޒީފާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ.

- މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތަކާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

- ބަޔާންކުރެވިފައިވާ ވަޒީފާއަށް ގުޅާނީ، ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

1 ޝަޢުބާން 1437

08 މޭ 2016