ދިވެހިރާއްޖެ
އިޢުލާން
ތިލަފުށި ކޯޕަރޭޝަން އިން ކ. ތިލަފުށީގެ، ތިލަފުށި 1 އަދި ޓީ.އައި.ޒެޑް ގުޅުވައި ދިނުމަށް މިހާރު ހެދިފައިވާ ކޯސްވޭގައި، އެކްސެސް ރޯޑް ޕްރޮޖެކްޓް ގެ ދަށުން ތާރުއެޅި 820 މީޓަރުގެ ދިގުމިނުގެ މަގެއް ޑިޒައިންކޮށް މަގުހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު TCL/PROC-TA/2015/048 އާ ގުޅިގެން ހުޅުވާލި ބީލަން ހުށަހެޅުމުގެ ފުރުޞަތުގައި އެކަށީގެންވާ ޕްރޮޕޯސަލްތަކެއް ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އެކްސެސް ރޯޑް ޕްރޮޖެކްޓް ގެ ދަށުން މިމަގު ޑިޒައިންކޮށް މަގުހެދުމަށް ޝައުގުވެރިވެލައްވާ، މިކަމުގެ ފަންނީ އަދި ޢިލްމީ ތަޖުރިބާހުރި ރާއްޖެ އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
ތަފުސީލު |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ބީލަން ފޮތަށް ފައިސާ ދެއްކުން |
ޓީސީއެލް ހެޑް އޮފީސް |
03 ދުވަސް |
16 މޭ 2016 އިން 18 މެއި 2016 އަށް |
09:00 އިން ފެށިގެން |
ބީލަން ފޮތް ދޫކުރުން |
ޓީސީއެލް ހެޑް އޮފީސް |
ބުދަ |
18 މޭ 2016 |
14:00 އިން ފެށިގެން |
ޕްރީ ބިޑް މީޓިންގ |
ޓީސީއެލް ހެޑް އޮފީސް |
ހޯމަ |
23 މޭ 2016 |
10:30 ގައި |
ސައިޓުބެލުން |
ޓީސީއެލް ހެޑް އޮފީސް |
ހޯމަ |
23 މޭ 2016 |
ފަހުން ހާމަކުރެވޭނެއެވެ. |
ބިޑް ހުށަހެޅުން އަދި ޓެކްނިކަލް ޕްރޮޕޯސަލް ބިޑް ހުޅުވުން |
ޓީސީއެލް ހެޑް އޮފީސް |
ބުރާސްފަތި |
26 މޭ 2016 |
10:30 ގައި |
ޓެކްނިކަލް ގޮތުން ގާބިލު ފަރާތްތަކުގެ ކޮމާޝަލް ޕްރޮޕޯސަލް ހުޅުވުން އޮންނާނެ ތަނަކާއި، ތާރީޚު އަދި ގަޑި އެފަރާތްތަކަށް އެންގޭނެއެވެ. އަދި ޤާބިލު ނޫން ފަރާތްތަކުގެ ކޮމާޝިއަލް ޕްރޮޕޯސަލް ނުހުޅުވާ ޙަވާލުކުރެވޭނެއެވެ.
- ބީލަން ފޮތުގެ އަގަކީ -/1542 ރުފިޔާ (އެއް ހާސް ފަސްސަތޭކަ ސާޅީސް ދެ ރުފިޔާ) ނުވަތަ 100.00$US (ސަތޭކަ ޔޫއެސް ޑޮލަރު) އެވެ. މި ފައިސާއަކީ ރިފަންޑް ކުރެވޭނެ ފައިސާއެއް ނޫނެވެ. ފުރަތަމަ ފަހަރު ފައިސާދެއްކެވި ފަރާތްތަކަށް އިތުރު ފީއަކާ ނުލައި ޑޮކިއުމަންޓް ދޫކުރެވޭނެއެވެ.
- ބީލަން ހުށަހަޅާއިރު މަދުވެގެން -/300,690 ރ. (ތިން ލައްކަ ހަސަތޭކަ ނުވަދިހަ ރުފިޔާ) ނުވަތަ 19,500.00$US (ނަވާރަ ހާސް ފަސްސަތޭކަ ޔޫއެސް ޑޮލަރު) ގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. އަދި ބޭންކް ގެރެންޓީގެ މުއްދަތަކީ މަދުވެގެން 90 (ނުވަދިހަ) ދުވަހަށް ވާންވާނެއެވެ.
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލެވެ.
- ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 (ނުވަދިހަ) ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ޓެކްނިކަލް ޕްރޮޕޯސަލް އަދި ކޮމާޝަލް ޕްރޮޕޯސަލްގެ ގޮތުގައި ހުށަހަޅުއްވައި ޕްރޮޕޯސަލްތައް އޮންނަންވާނީ ބަންދުކުރެވިފައިވާ ވަކި ދެ ސިޓީއުރައަށްލުމަށްފަހު ބަންދުކޮށް ސީލް ޖައްސަވާފައެވެ. އަދި ކޮންމެ ޕްރޮޕޯސަލްއެއްގެ އަސްލަކާ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއެކުއެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
5 ޝަޢުބާން 1437