ވަޒީފާގެ ފުރުޞަތު
ނަންބަރު: ( IUL)438-HRU/438/2016/111
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2016
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި: 19 މޭ 2016 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ - އޮންސައިޓް

އައްޑޫ ސިޓީއާއި، ފުވައްމުލަކާއި، ހުވަދު އަތޮޅުގެ ރަށްރަށް ހިމެނޭގޮތަށް ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ (އޭ.ޕީ.ސީ) – އޮން ސައިޓް

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ  (އެމް.އީ.އީ) އިން ކުރިއަށްގެންދާ ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު ކޯޑިނޭޓްކޮށް މެނޭޖްކުރުމުގައި އެހީތެރިވެދިނުމަށް  1 (އެކެއް)  އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ ހޯދަން ބޭނުންވެއެވެ.

އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓުގެ އެކިއެކި މަސައްކަތްތައް ޕްރޮޖެކްޓް ޑޮކިއުމަންޓާއި އިރުޝާދުތަކާ އެއްގޮތްވާގޮތުގެމަތިން ރާވައި، މެނޭޖްކުރުމާއި، ޕްރޮޖެކްޓް ކޯޑިނޭޓަރަށް އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގައި ޕްރޮޖެކްޓުގެ ޢަމަލީ ސިފަ ގެނައުމުގައި އެހީތެރިވުމާއި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންދިޔުން ހިމެނެއެވެ. އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުން މަސައްކަތް ކުރާނީ، ޕްރޮޖެކްޓް ހިންގުމަށް ކަނޑައެޅިފައިވާ ސަރަޙައްދު (އައްޑޫ ސިޓީގައި) ތަކުގައެވެ.

އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

(ހ) ކޮމާރސް ނުވަތަ ސައިންސް ސްޓްރީމުން އެޑްވާންސް ލެވެލް ސެޓުފިކެޓު ހޯދާފައިވުން.

(ށ) މަދުވެގެން  2  އަހަރުދުވަހުގެ  ޢަމަލީ  ތަޖުރިބާ  ލިބިފައިވުން. މީގެ  ތެރެއިން  ބައިނަލްއަޤްވާމީ  އެހީދޭ  ޖަމާޢަތްތަކުގެ  އެހީގައި  ހިންގޭ ޕްރޮޖެކްޓެއްގައި 1 އަހަރުދުވަހު މަސައްކަތް ކޮށްފައިވުން.

(ނ) ކުނި މެނޭޖުކުރުމުގެ ދާއިރާއިން މަޝްރޫޢުތައް ހިންގުމާ ބެހޭގޮތުން މަޢުލޫމާތު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ރ) ދިވެހިބަހާއި އިނގިރޭސިބަހުން ލިޔުމާއި މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން.

(ބ) ޕްރޮކިއުމަންޓުގެ އުޞޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުމަކީ އެދެވިގެންވާ ކަމެކެވެ.

(ޅ) ހަވާލުކުރެވޭ މަސައްކަތް ތަރުތީބުކަމާއެކު ފުރިހަމަކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުމާއި، ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން. 

(ކ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ހީވާގި މީހަކަށް ވުމާއެކު، ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.

(އ) މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

އުޖޫރަ:

މި މަޤާމުގެ މުސާރައަކީ، މަހަކު -/15،000 ރުފިޔާއެވެ. އަދި ފޯނު/އިންޓަރނެޓްގެ ޚަރަދަށް މަހަކު -/3،000 ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ.

މުއްދަތު:

މި މަސައްކަތުގެ މުއްދަތަކީ، 36 (ތިރީސް ހައެއް) މަސްދުވަހެވެ. މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތާއި، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި ހުނަރާއި، އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

- ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން، އެޕްލިކޭޝަނާއެކު ހުށަހަޅަންވާނެއެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު: 

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ ހަވާލުކުރެވިފައިވާ މަޤާމުގެ މަސައްކަތް ކުރަމުންދާ ގޮތުގެ ފެންވަރު ބަލައި ވަޒަންކުރެވޭނެއެވެ.

- މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ www.environment.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް 3018329 ނަންބަރު ފޯނަށް ނުވަތަ 3018431 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

5 ޝަޢުބާން 1437

12 މޭ 2016