ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-MAHC/23/2016/34
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2016
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 24 މޭ 2016 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް އެެލައިޑް ހެލްތު ކައުންސިލުގައި ބިހޭވިއަރަލް ސައިންސަސް ޕްރޮފެޝަނަލުން ރަޖިސްޓަރީވުމާ ބެހޭ

އިޢުލާން

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ބިހޭވިއަރަލް ސައިންސަސް ޕްރޮފެޝަނަލުން ރަޖިސްޓަރީވުމާބެހޭ.

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ބިހޭވިއަރަލް ސައިންސްގެ ސައިކޮލޮޖީގެ ދާއިރާއިން ރަޖިސްޓަރީކޮށްދޭ ދާއިރާތަކާއި ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ޝަރުޠުތައް ތިރީގައި މިވަނީއެވެ.

ރަޖިސްޓަރީކޮށްދޭ ދާއިރާތައް:

  1. ކްލިނިކަލް ސައިކޮލޮޖިސްޓް
  2. ކައުންސެލިންގ ސައިކޮލޮޖިސްޓް
  3. ޗައިލްޑް ސައިކޮލޮޖިސްޓް
  4. އެޕްލައިޑް ސައިކޮލޮޖިސްޓް
  5. އެޑިއުކޭޝަނަލް ސައިކޮލޮޖިސްޓް
  6. ބިހޭވަރަލް އެނަލިސްޓް/ ސައިކޮލޮޖިސްޓް
  7. ޕްރޮފެޝަނަލް ކްލިނިކަލް/ ޗައިލްޑް/ ކައުންސެލިންގ/ އެޕްލައިޑް ސައިކޮލޮޖިސްޓް

ރަޖިސްޓަރީކޮށްދޭ ޝަރުޠުތައް:

  1. ސައިކޮލޮޖީ އިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ސައިކޮލޮޖީގެ ކިޔެވި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް އޮތުން އަދި 500 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ (ޕްލޭސްމެންޓް އެކްސްޕީރިއެންސް/އިންޓަރންޝިޕް) ލިބިފައިވުން.
  2. ބިހޭވިއަރަލް އެނަލިސްޓް/ ސައިކޮލޮޖިސްޓެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް ބޭނުންވާ ޝަރުޠުތަކަކީ: ބިހޭވިއަރަލް އެނަލިސިސް އިން ނުވަތަ ގުޅުންހުރި ދާއިރާއަކުން (އެޑިއުކޭޝަން ނުވަތަ ސައިކޮލޮޖީ) ބެޗްލަރސް ޑިގްރީއެއް ހާސިލު ކޮށްފައިވުން، އަދި ބިހޭވިއަރަލް އެނަލިސިސް އިން މާސްޓަރސް ޑިގްރީ އޮތުން، މީގެ އިތުން  500 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ (ޕްލޭސްމެންޓް އެކްސްޕީރިއެންސް/ އިންޓަރންޝިޕް) ލިބިފައިވުން
  3. ޕްރޮފެޝަނަލް ކްލިނިކަލް/ ޗައިލްޑް/ ކައުންސެލިންގ/ އެޕްލައިޑް ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ޝަރުތުތަކަކީ PHD އަދި PsyD (ޑރ އޮފް ސައިކޮލަޖީ) ހާސިލުކޮށްފައިވުމާއެކު 1000 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ ލިބިފައިވުން

މީގެ އިތުރުން މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ވެގެން 1 އޭޕްރިލް 2016 އާ ހަމައަށް ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ސައިކޮލޮޖީ އިން ބެޗްލަރސް ޑިގްރީއެއް އޮތް ފަރާތްތަކަށް 1 އޭޕްރިލް 2016 ން ފެށިގެން 2 އަހަރުދުވަހުގެ ވަގުތީ ރެޖިސްޓްރޭޝަނެއް "ސައިކޮލޮޖިސްޓްސް އެސިސްޓެންޓް" ގެ ނަމުގައި ދޭގޮތަށް މި ކައުންސިލުން ނިންމާފައިވާ ވާހަކަ ދެންނެވީމެވެ.


03 ޝަޢުބާން 1437

10 މޭ 2016