ޢާންމު މަޢުލޫމާތު
ނަންބަރު: 182-MTG/2016/12
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2016
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 19 މޭ 2016 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެއަށް ޑޮކްޓަރީ ބޭސް އެތެރެކުރުން

އިޢުލާން

ބޭހާބެހޭ ގަވާއިދު (ނަންބަރު 2014/R-46) ގެ 06.1 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް ޑޮކްޓަރީބޭސް އެތެރެކުރެވޭނީ މި އޮތޯރީޓީން ހުއްދަ ލިބި އަދި ރަޖިސްޓަރީވެފައިވާ ބޭސްގުދަނެއް ހުންނަ ފަރާތްތަކަށެވެ. އަދި މިކަން ވާނީ މީގެ ކުރިންވެސް އިޢުލާން ނަންބަރު: 182/MTG/2014/23 (18 ނޮވެންބަރު 2014) އިން އާންމުކޮށް އަންގައި އިޢުލާން ކޮށްފައެވެ. ނަމަވެސް، ބޭހުގެ ގޮތުގައި ކެޓަގަރީކުރެވޭ ބައެއް ޕްރޮޑަކްޓްތައް އާންމު ފިހާރަތަކާއި ސްޕާތަކާއި، ސެލޫންތަކުން އަދިވެސް އެތެރެކޮށް ވިއްކަމުން ގެންދާކަން މި އޮތޯރިޓީއަށް ދަނީ ފާހަގަ ކުރެވެމުންނެވެ.

ވީމާ، އާންމު ފިހާރަތަކާއި ސްޕާތަކާއި ސެލޫންތަކުން ހުއްދަ ނުނަގާ ބޭސް އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3014316 ފޯނާ ގުޅުއްވުން އެދެމެވެ. 


02 ޝަޢުބާން 1437

09 މޭ 2016