ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-HRD/2016/18
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:37
ސުންގަޑި: 23 މޭ 2016 14:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮތޯރިޓީގެ، ތިރީގައިމިވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް، ހުނަރުވެރި، ޤާބިލް، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށްދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

ކައުންސެލް

ސެކްޝަން/ޑިވިޜަން:

ލީގަލް ޔުނިޓް

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރު:

ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ލީގަލް ޔުނިޓުގެ މަސައްކަތްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުމާއި، މޭނޭޖްމަންޓަށް ބޭނުންވާ ޤާނޫނީ ކަންކަމުގެ ރިޕޯޓްތައް ލިޔެ ހުށަހެޅުން.

- އެމް. އެމް. އޭ. ގެ މަސައްކަތްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެމް. އެމް. އޭ. ގެ މަސައްކަތަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް އިޞްލާޙުކޮށް ޑްރާފްޓްކުރުން.

މަޤާމް:

އެސިސްޓެންޓް ކައުންސެލް

ސެކްޝަން/ޑިވިޜަން:

ލީގަލް ޔުނިޓް

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރު:

- ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

- އޯލެވެލް އިމްތިޙާނުގެ އިނގިރޭސިބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެމް. އެމް. އޭ. ގެ މަސައްކަތްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެމް. އެމް. އޭ. ގެ މަސައްކަތަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް އިޞްލާޙުކޮށް ޑްރާފްޓްކުރުން.

މަޤާމް:

ރިސަރޗް އެސިސްޓެންޓް 

ސެކްޝަން/ޑިވިޜަން:

އިކޮނޮމިކް ރިސަރޗް އެންޑް އެނަލިސިސް ސެކްޝަން / މަނިޓަރީ ޕޮލިސީ އެންޑް ރިސަރޗް ޑިވިޜަން

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރު:

އިކޮނޮމިކްސް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އިޤްތިޞާދު ދިރާސާކޮށް، މަޢުލޫމާތު އެއްކޮށްގެން، އިޤްތިޞާދާ ގުޅޭގޮތުން އެކިއެކި ރިޕޯޓް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓްކުރުން.

 

ހުނަރުވެރިކަން: 

  • އިޤްތިޞާދު ދިރާސާކޮށް، މަޢުލޫމާތު އެއްކޮށްގެން، އިޤްތިޞާދާ ގުޅޭގޮތުން އެކިއެކި ރިޕޯޓް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓްކުރުމުގެ ހުނަރުހުރުން.
  • އިޤްތިޞާދީ ދާއިރާއާއި، ބޭންކިންގ ފައިނޭންޝަލް ދާއިރާއާ ގުޅޭ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވާ، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރު ހުރުން.
  • މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން.
  • އީ-ވިއުޒް ފަދަ އިކޮނޮމެޓްރިކް އަދި ފޯރކާސްޓިންގ ސޮފްޓްވެއަރއަކަށް އަހުލުވެރިވެފައިވުން.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ކޯޕަރޭޓް އެކައުންޓްސް ސެކްޝަން / ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ އަދަދު

1 (އެކެއް)

ތަޢުލީމީ ފެންވަރާއި، ތަޖުރިބާއާއި، ހުނަރު:

- އެކައުންޓިންގ ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

ވަޒީފާ ހަމަޖެއްސުމުގައި، އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި، އެކައުންޓިންގ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އެމް. އެމް. އޭ. ގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓާ ގުޅުންހުރި މަސައްކަތްކުރުމާއި، އެމް. އެމް. އޭ. ގެ ބޭރު ފައިސާގެ އެކައުންޓްތަކާ ގުޅުންހުރި މަސައްކަތްކުރުން.

ރިޒަރވް މެނޭޖްމަންޓުގެ ބެކް އޮފީސް މަސައްކަތްކުރުން.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ޑޮމެސްޓިކް އޮޕަރޭޝަންސް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރު:

ބޭންކިންގ، އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެމް. އެމް. އޭ. އިން ހިންގާ ދިވެހި ފައިސާގެ މުޢާމަލާތްތަކާބެހޭ މަސައްކަތް ކުރުން.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ފޮރިން އޮޕަރޭޝަންސް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރު:

ބޭންކިންގ، އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެމް. އެމް. އޭ. އިން ހިންގާ ބޭރު ފައިސާގެ މުޢާމަލާތްތަކާބެހޭ މަސައްކަތް ކުރުން.

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ސެކްޝަން:

ސެކިއުރިޓީ ސަރވިސަސް ޔުނިޓް

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

- ޖީ. ސީ. އީ. އޭލެވެލް ފެންވަރު ހުރުން ނުވަތަ އޯލެވެލް އިމްތިޙާނުގެ 3 (ތިނެއް) މާއްދާއިން ފާސްވެފައިވުން.

- ސެކިއުރިޓީ ސިސްޓަމްސްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެމް. އެމް. އޭ. ގެ  އިމާރާތާއި،  ތަކެއްޗާއި،  މުވައްޒަފުންނާއި،  ޚިދުމަތް  ހޯދަން  އަންނަ  މީހުންގެ  ސަލާމަތާއި ރައްކާތެރިކަން، އެމް. އެމް. އޭ. ގައި ޤާއިމްކޮށްފައިވާ ސެކިއުރިޓީ ނިޒާމް މެދުވެރިކޮށް ބެލެހެއްޓުން.

 

މަޤާމުގެ ޝަރުޠު:

- ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނޭ މީހަކަށްވުން.

- ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިޢުތިރާޒްނުކުރާ މީހަކަށްވުން.

- އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން.

- ޖިސްމާނީގޮތުންނާއި، ނަފްސާނީގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުން.

- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ހުނަރު ހުރުން.

ވާޒީފާއަށް ކުރިމަތިލާ ފަރާތުގެ ހުނަރުވެރިކަމާއި، ހުށަހަޅަންޖެހޭ ލިޔުންތަކާއި، ސުންގަޑި

 

 

ހުނަރުވެރިކަން: 

- އަމިއްލަ އިސްނެގުމާއެކު، މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.

- އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

- "މައިކްރޯސޮފްޓް އޮފީސް" އަށް އަހުލުވެރިވެފައިވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

- ރިވެތި އަދަބުތަކާއެކު މުޢާމަލާތްކުރުމުގެ އާދަ އަށެގަނެފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކުރެއްވުމަށްފަހު)

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

- ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ (ލިބިފައިވާނަމަ)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ތަނުގެ ރަސްމީ ލިޔުމެއް.

ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ނޯޓު: ރިސަރޗް އެސިސްޓެންޓުގެ މަޤާމަށް އެދޭ ފަރާތްތަކުން، އިކޮނޮމިކް މަޒުމޫނެއް ނުވަތަ ރިސަރޗް ޕޭޕަރެއް، ތަޢުލީމީ އިދާރާއަކަށް ނުވަތަ އެނޫން ފަރާތަކަށް ހުށަހަޅާފައިވާނަމަ، އޭގެ ކޮޕީއެއް ހުށަހެޅުމަކީ އެދެވިގެންވާ ކަމެކެވެ.

ސުންގަޑި:

2016 މޭ 23 ވާ ހޯމަދުވަހުގެ 14:00 އަށް.

އިންޓަވިއު:

މި ވަޒީފާތަކަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް، ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ނޯޓު:

ވަޒީފާއަށް އެދޭ ފޯމު، މި އޮތޯރިޓީން ލިބެން ހުންނާއެވެ. އަދި މި އޮތޯރިޓީގެ www.mma.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

5 ޝަޢުބާން 1437

12 މޭ 2016