ވަޒީފާގެ ފުރުޞަތު
ނަންބަރު: 01
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 19 މޭ 2016 14:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޖެޓީ ޕޯސްޓް އޮފސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:                     

މަޤާމް: ޖެޓީ ޕޯސްޓް އޮފިސަރ (ޝިފްޓް ޑިޔުޓީ)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާއާއި ކޮލިފިކޭޝަނަށް ބެލުމަށްފަހު، ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: ތިލަފުށި އޮފީސް

ސެކްޝަން: އޮޕަރޭޝަންސް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

1. ޖީ.ސީ.އީ.އޯ ލެވެލް ފެންވަރު ހުރުން ނުވަތަ ގްރޭޑް 9 ގެ ފެންވަރު ހުރުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ދިވެހިބަހާއި އިނގިރޭސިބަހުން ރީތިކޮށް، ހަރުދަނާކޮށް މުޢާމަލާތްކުރަން އެނގުން.

3. މަސައްކަތުގެ މާޙައުލުގައި ދަތުރުފަތުރުކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

4. ތިލަފުށީގައި މަސައްކަތްކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. އޮޕަރޭޝަން ޑިޕާޓްމަންޓުގެ އިސްވެރިޔާ އަންގާ ގޮތެއްގެ މަތިން، ތިލަފުށީގެ ޖެޓީ ސަރަހައްދު ބެލެހެއްޓުން.

2. ޖެޓީން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ރަސީދުތައް ހެދުން.

3. ޝިފްޓް ބަދަލުވާއިރު ބަލައިގެންފައިވާ ފައިސާގެ އަދަދުތައް ހަމަކުރުމާއި ދިމާކުރުން.

4. ޖެޓީއަށް ބަނދަރުކުރާ އުޅަނދުތައް ހުންނަނީ ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި، ހުންނަންޖެހޭ ގަވައިދުތަކަށް ފެތޭގޮތަށްތޯ ބެލުން.

5. ޖެޓީއަށް ބަނދަރުކުރާ އުޅަނދުތަކާއި، މުދާ ބާލައި، މުދާ އަރުވާ އުޅަނދުތަކުން ކަނޑައެޅިފައިވާ އުސޫލުގެމަތިން ފައިސާ ނެގުން.

6. ޖެޓީއަށް ބަނދަރުކުރާ އުޅަނދުތަކާއި، މުދާ ބާލައި، މުދާ އަރުވާ އުޅަނދުތައް މޮނީޓަރކޮށް ރެކޯޑްކުރުން.

7. ޖެޓީ ބޭނުންކުރުމުގެ ގަވައިދުތައް ތަންފީޒުކޮށް ޢަމަލީގޮތުން ހިންގުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑަންސް އެލަވަންސާއި ފުޑް އެލަވަންސް، ކޯޕަރޭޝަނުގެ ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން ލިބޭނެއެވެ.
 

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެއަށް ހުށަހެޅުން އެދެމެވެ. އީމެއިލުން ހުށަހަޅާ އެޕްލިކޭޝަން ފޯމު ބަލައެއް ނުގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ޓީ.ސީ.އެލްގެ މައި އޮފީހުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަވިއު ކުރުން:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ، މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3307514 އެވެ.

2 ޝަޢުބާން 1437

09 މޭ 2016