ވަޒީފާގެ ފުރުޞަތު
ނަންބަރު: 01
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 19 މޭ 2016 14:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންސްޕެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓަންޓް އިންސްޕެކްޓަރ (ޝިފްޓް ޑިޔުޓީ)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާއާއި ކޮލިފިކޭޝަނަށް ބެލުމަށްފަހު، ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:  ތިލަފުށި އޮފީސް

ސެކްޝަން: އޮޕަރޭޝަންސް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

  1. ޖީ.ސީ.އީ. އޭ ލެވެލް ފެންވަރު ހުރުން ނުވަތަ ޖީ.ސީ.އީ. އޯ ލެވެލް ފެންވަރު ހުރުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ދިވެހިބަހާއި އިނގިރޭސިބަހުން ރީތިކޮށް، ހަރުދަނާކޮށް މުޢާމަލާތްކުރަން އެނގުން.
  3. މަސައްކަތުގެ މާޙައުލުގައި ދަތުރުފަތުރުކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
  4. ތިލަފުށީގައި މަސައްކަތްކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ތިލަފުށީގައި ތިބޭ ފަރާތްތައް ޢަމަލުކުރަމުންގެންދަނީ، ތިލަފުށީގެ އާންމު ގަވާއިދާ އެއްގޮތައްތޯ ބަލައި، މޮނިޓަރކޮށް، ޙައްލުކުރަންޖެހޭ ކަންތައްތައް ޙައްލުކޮށް، އިތުރަށް ބަލަންޖެހޭ ކަންތައްތައް ދެނެގަނެ، އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  2. ތިލަފުށީގައި ޞިނާޢީ މަސައްކަތްތަކަށް ބިން ދޫކުރެވިފައިވާ ފަރާތްތައް، ކުންފުނިން ހަމަޖައްސާފައިވާ ގަވައިދުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުން.
  3. ކުންފުނިން ތިލަފުށީގައި ޤާއިމުކުރުމަށް ކަނޑައަޅާ ޚިދުމަތްތައް ޤާއިމުކޮށް، ކަނޑައަޅާ ސްޓޭންޑަރޑެއްގެ ތެރޭގައި ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑަންސް އެލަވަންސާއި، ފުޑް އެލަވަންސް، ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން ލިބޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެއަށް ހުށަހެޅުން އެދެމެވެ. އީމެއިލުން ހުށަހަޅާ އެޕްލިކޭޝަން ފޯމު ބަލައެއް ނުގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ކޯޕަރޭޝަނުގެ މައި އޮފީހުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަރވިއު ކުރުން:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ، މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3307514 އެވެ.

2 ޝަޢުބާން 1437

12 މޭ 2016