ނީލަން
ނަންބަރު: (IUL)228-DG/228/2016/7
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 24 މޭ 2016 14:00
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔަމަހާ ފޯސްޓްރޮކް 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް

އިޢުލާން

ނ.އަތޮޅު ކައުންސިލްގެ އިދާރައިގެ "ރަންދުނި" ލާންޗުން ނަގާފައިވާ ޔަމަހާ ފޯސްޓްރޮކް، 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރި މި އިދާރައިގެ ނަންބަރު (IUL)228-DG/228/2016/5 ޢިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދެއްވަފައިނުވާތީ، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ނީލަން ނަންބަރު 1 (ޔަމަހާ ފޯސްޓްރޮކް އިންޖީނު)

1- 1 އިންޖީނު ޔަމަހާ އައުޓްބޯޑް 200 ހޯސްޕަވަރ 4 ސްޓްރޯކް

2- މިއިންޖީނަކީ 31 ޖުލައި 2005 ން 31 ޑިސެންބަރު 2016 އަށް ބޭނުންކޮށްފައިވާ އިންޖީނެކެވެ.

3- ނީލަންފެށޭ އަގު: -/50000ރ (ފަންސާސްހާސް)

4- އަގަށް ފަހަރަކު މަދުވެގެން އިތުރުކުރެވޭނެ އަދަދު: -/5000ރ (ފަސްހާސް)

5- އިންޖީނުގެ މިހާރުގެ ހާލަތު: ރަނިންކޮންޑިޝަންގައެވެ.

ނީލަން ނަންބަރު 2 (ޔަމަހާ ފޯސްޓްރޮކް އިންޖީނު)

1- 1 އިންޖީނު ޔަމަހާ އައުޓްބޯޑް 200 ހޯސްޕަވަރ 4 ސްޓްރޯކް

2- މިއިންޖީނަކީ 31 ޖުލައި 2005 ން 31 ޑިސެންބަރު 2016 އަށް ބޭނުންކޮށްފައިވާ އިންޖީނެކެވެ.

3- ނީލަންފެށޭ އަގު: -/40000 (ސާޅީސްހާސް) ރުފިޔާ

4- އަގަށް ފަހަރަކު މަދުވެގެން އިތުރުކުރެވޭނެ އަދަދު: -/5000 (ފަސްހާސް) ރުފިޔާ

5- އިންޖީނުގެ މިހާރުގެ ހާލަތު: ރަނިންކޮންޑިޝަންގައި، ސްޓާޓްކުރަން ދަތިވުމާއި ޖެކްގައި މައްސަލަ އުޅެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން ނީލަމަށް އަގު ހުށަހަޅުއްވާނީ ކޮންމެ ނީލަން ނަންބަރަކަށް ވަކިން ސިޓީއަކުންނެވެ. ސިޓީގައި ނީލަމުގައި ބައިވެރިވެލައްވާ ފަރާތުގެ މަޢުލޫމާތު (ނަމާއި އެޑްރެސް، އައިޑީކާޑުގެ ނަންބަރު، ތާރީޚު އަދި ގުޅޭނެ ފޯނުނަންބަރު) ހިމަނަންވާނެއެވެ. އަދި އައިޑީ ކާޑުގެ ކޮޕީއެއް ސިޓީއާއެކު ހުށަހަޅަންވާނެއެވެ. ސިޓީ މި އިދާރާގެ ކައުންޓަރުން އަދި ފެކުހުންނާއި އީމެއިލުން ވެސް ބަލައިގަނެވޭނެއެވެ. ފެކްސް ކުރައްވާނީ މިއިދާރާގެ ނަމްބަރު 6560094 އަށެވެ. އަދި މެއިލް ކުރައްވާނީ [email protected] އަށެވެ.

ނީލަމަށް ހުށަހެޅޭ އެންމެމަތީ އަގު ކޮންމެ ދުވަހަކުވެސް މިއިދާރާގެ ނޯޓިސްބޯޑުގައި ޢާންމުކޮން ފެންނާނެހެން ބެހެއްޓިފައި ހުންނާނެއެވެ. ކޮންމެ ދުވަހަކުވެސް ޢާންމުކުރެވޭނީ އެ ދުވަހެއްގެ 13:00 ގެ ކުރިން ހުށަހަޅުއްވާ އަގުތަކުގެ ތެރެއިން އެންމެ މަތީއަގެވެ. އެއިގެ ފަހުން ހުށަހަޅުއްވާ އަގުތައް އާންމުކުރެވޭނީ ޖެހިގެން އަންނަ ދުވަހުއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 5 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގެއް ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރިކަން ލިޔުމުން އަންގާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނީލަމުގެ އަގަށްވާ ފައިސާ މި އިދާރާއަށް ދައްކަންވާނެއެވެ. 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ދެވަނައަށް އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަށް ނީލަން ނިންމުން ނުވަތަ ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ނ. އަތޮޅު ކައުންސިލަށް ލިބިގެންވެއެވެ.

އިންޖީނު ބައްލަވާލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އިންޖީނު ދެއްކުމުގެ އިންތިޒާމު ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ 11:00 ން 12:00އަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. މިނީލަން ފެށޭ ދުވަހަކީ 29 މާރިޗު 2016 އެވެ. މިއިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ނުދީފިނަމަ 11 އެޕްރީލް 2016 އަށް މި އިޢުލާނުގެ މުއްދަތު ހަމަވީއެވެ.

09 ރަޖަބު 1437

 

 

12 މޭ 2016