ދިވެހިރާއްޖެ
އިޢުލާން
ކުރިން މިރަށު ބަނދަރުގައި ބޭނުންކުރި ބައްތިތައް ސިޓީލާ ނީލަމުގައި ވިއްކާލުމާ ބެހޭ
ކުރިން މިރަށު ބަނދަރުގައި ބޭނުންކުރި ބައްތިތައް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކައުންސިލުގެ ދެވަނަ ދައުރުގެ 63 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. މި ނީލަން ފެށޭ ތާރީޚަކީ 2016 މޭ 09 ވާ ހޯމަ ދުވަހުގެ 9:00 އެވެ. ފެކުސްގެ ޒަރީއާއިން ހުށަހަޅާ އަގުތައްވެސް ބަލައިގަނެވޭނެވެ. ނީލަމަށް ހުށަހެޅޭ އެންމެ މަތީއަގު ކޮންމެ ދުވަހަކު ކައުންސިލުގެ އިދާރާ ބަންދުވުމުގެ ކުރިން މި އިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ބައްތިތައް ބައްލަވާލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ނަންބަރަށް ގުޅުއްވުމުން ނުވަތަ ރަސްމީ ދުވަހު ރަސްމީގަޑީގައި މި އިދާރާއަށް ވަޑައިގަތުމުން ބައްތިތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ނީލަމަށް އެންމެފަހުން ހުށަހެޅޭ އަގަށް ބަދަލެއްނައިސް، 72 (ހަތްދިހަ ދޭއް) ގަޑިއިރު ވެއްޖެނަމަ އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމައިލެވޭނެއެވެ. މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6540043 ފޯނާ ގުޅުއްވުމުން ނުވަތަ މި އިދާރާއަށް ވަޑައިގަތުމުން މަޢުލޫމާތު ސާފުކޮށްދެވޭނެވެ.
ބަނދަރު ބައްތިތަކާ ބެހޭ މަޢުލޫމާތު:
ބައްތީގެ އަދަދު |
ނީލަމުގައި ވިއްކާލެވޭ ބައްތިތަކުގެ ތަފުސީލު |
ހުރި ހާލަތު |
ނީލަން ފެށޭއަގު |
އިތުރުކުރެވޭ އަގު |
24 |
-GLOBAL 2 150W HPS NORDEX -NIKKON IGNITOR NYLON CASING SP9003 -OSRAM HQI-T 250W/D E40 |
ރަނގަޅު |
-/1400 |
-/50 |
01 ޝަޢުބާން 1437