މުބާރާތް
ނަންބަރު: VAM/2016/89-I
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:48
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސޮނީ ސްޕޯޓްސް އިންޓަރ ރިސޯޓް ވޮލީބޯލް ޗެމްފިއަންޝިޕް 2016

އިޢުލާން   

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ، 2016 ވަނަ އަހަރުގެ ކުޅިވަރު ކަލަންޑަރުގައިވާ ސޮނީ ސްޕޯޓްސް އިންޓަރ ރިސޯޓް ވޮލީބޯލް ޗެމްފިއަންޝިޕް 2016، ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ ތާރީޚަކީ 01 ން 30 ސެޕްޓެންބަރު 2016 އަށެވެ. ނަމަވެސް އޭ.ވީ.ސީގެ ސެންޓަލް ޒޯން ކަލަންޑަރަށް ގެނެވުނު ބަދަލާ ގުޅިގެން މި އެސޯސިއޭޝަންގެ ބައެއް މުބާރާތްތަކަށްވެސް ވަނީ ބަދަލުގެނެވިފައެވެ. މިގޮތުން ސެޕްޓެންބަރު 01 ން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސޮނީ ސްޕޯޓްސް އިންޓަރ ރިސޯޓް ވޮލީބޯލް ޗެންޕިއަންޝިޕް 2016، މިހާރު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 1 އޮގަސްޓުން 30 އޮގަސްޓް 2016 އަށެވެ. އަދި ސޮނީ ސްޕޯޓްސް ރިސޯޓް ވޮލީބޯލް ޗެންފިއަންސް ލީގް 2016 ބޭއްވުމަށް ހަމަޖެހިފައިވަނީ، 01 ސެޕްޓެންބަރުން 09 ސެޕްޓެންބަރު 2016 އަށެވެ.  

ވީމާ، މި އެސޯސިއޭޝަންގެ ކުޅިވަރު ކަލަންޑަރަށް ގެނެވިފައިމިވާ ބަދަލު އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

27 ރަޖަބު 1437 

04 މޭ 2016