ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-ED/2016/20
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި: 19 މޭ 2016 14:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތެރޭގައި ހައްދާފައިހުރި ގަސްތަކުގެ ތެރެއިން މަގުމައްޗަށް ހެދިފައިހުރި ގޮފިތައް ކޮށުމާ ގުޅޭ

އިޢުލާން

ގެއާއި ގޯތިތެރޭގައި ހައްދާފައިހުރި ގަސްތަކުގެ ތެރެއިން މަގުމައްޗަށް ވާގޮތަށް، 10 ފޫޓަށްވުރެ ތިރިއަށް ހެދިފައިހުރި ގޮފިތައް 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ ކުރިން ކޮށައި ސާފުކޮށްދެއްވުން އެދެމެވެ.

އެ މުއްދަތުގައި ނުކޮށައި ހުރި ގޮފިތައް މި އިދާރާގެ ފަރާތުން، އަންދާސީހިސާބަށް، ބަޔަކުލައްވައި ކޮށުވާނެ ވާހަކަ ދަންނަވަމެވެ. އަދި އެކަމަށް ކުރެވުނު ޚަރަދު އެ ގެއެއްގެ ވެރިފަރާތުން ނެގޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02 ޝަޢުބާން 1437

09 މޭ 2016