ޢާންމު މަޢުލޫމާތު
ނަންބަރު: FAM/IUL/2016/010
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 17 މޭ 2016 15:00
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެފް.އޭ.އެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގުރެސްއާ ގުޅޭ

އިއުލާން            

2016 މޭ 07 ވަނަ ދުވަހު ބޭއްވުނު، އެފް.އޭ.އެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، ފާސްކުރެވުނު އަސާސީ ގަވާއިދުގެ ދަށުން ބޭއްވޭ އެފް.އޭ.އެމްގެ އިންތިޚާބު 2016 މޭ 31 ވަނަ ދުވަހު ބޭއްވުމަށް އެފް.އޭ.އެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ނިންމަވާފައެވެ. ވީމާ، އަސާސީ ގަވާއިދުގެ ދަށުން އެފް.އޭ.އެމްގެ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން، 2016 މޭ 17 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މި އެސޯސިއޭޝަނަށް ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އަދި ހުށަހަޅުއްވާ ލިޔެކިޔުންތައް ސިޓީއުރައަކަށް ލައި ސީލްކުރެވިފައިވާންވާނެއެވެ. އަދި ސީލްކުރެވިފައިވާ ތަނުގައި ކުލަބުގެ ތައްގަނޑު ޖަހަންވާނެއެވެ.

އަދި އަލަށް އެކުލަވައިލެވުނު މި އެސޯސިއޭޝަންގެ އަސާސީ ގަވާއިދު މި އެސޯސިއޭޝަނުން ލިބޭނެ ވާހަކަ ދަންނަވަމެވެ.  

10 މޭ 2016