ދިވެހިރާއްޖެ
މަޤާމް :ސޭލްސް އެސިސްޓެންޓް | |
---|---|
ބޭނުންވާ އަދަދު :8 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: މި ކުންފުނީގެ 60ADM/2016/110 ނަންބަރުގެ އިޢުލާނުގައިވާ ސޭލްސް އެސިސްޓެންޓް (ގްރޭޑް 1) ގެ މަޤާމަށް އެކަށީގެންވާވަރަށް ކެނޑިޑޭޓުން ލިބިފައިނުވާތީ، އެ މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ. މަޤާމް: ސޭލްސް އެސިސްޓެންޓް (ގްރޭޑް 1) ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (2 މަސްދުވަސް) ބޭނުންވާ އަދަދު: 8 (އަށެއް) މުސާރަ: މަހަކު -/3،240 ރުފިޔާ މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. ސުޕަރމާޓް އެހެނިހެން އިނާޔަތްތައް:
މަޤާމުގެ މަސްއޫލިއްޔަތު:
ތަޢުލީމާއި ތަޖުރިބާ:
ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 18 ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، އެސް. ޓީ. އޯ. ގެ ހެޑް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި އެސް. ޓީ. އޯ. ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. ނޯޓް: - އިންޓަވިއުއަށް ކިޔާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. - މި މަޤާމަށް މުވައްްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައިި، އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ. - ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ. އެޑްރެސް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345 ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected] 4 ޝަޢުބާން 1437 |