މަސައްކަތް
ނަންބަރު: GS104-A/IUL/2016/07
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 16 މޭ 2016 13:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް ދަރިވަރުން ކުޅޭ ސަރަޙައްދު ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރީސުކޫލް ދަރިވަރުން ކުޅޭ ސަރަޙައްދު ހިޔާކުރުން:

ޅައިމަގު ސުކޫލް ބަދަލުކުރާ ބިމުގައި ޕްރީސުކޫލް ދަރިވަރުން ކުޅޭ ސަރަޙައްދު، އަމިއްލަ ތަކެތީގައި ހިޔާކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 މޭ 16 ވަނަ ދުވަހުގެ 13:00 އަށް މި ސުކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ބަދަލުގައިވަޑައިގަންނަވާ ފަރާތްތަކުން އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. ބިޑު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، 2016 މޭ 23 ވަނަ ދުވަހުގެ 13:00 އަށް ޅައިމަގު ސުކޫލުގެ އޮފީހަށެވެ. މަޢުލޫމާތު ސާފުކުރުމަށާއި، ބިޑު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

އެހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

02 ސަޢުބާން 1437

09 މޭ 2016